ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ރޯދަމަހުގެ ފަހު ދިހައަކަށް މެދުކަނޑާލައިފި އެވެ.
މަޖިލީހުގެ މިއަދު ޖަލްސާ ނިންމާލަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނަނީ އަންނަ މަހު 7 ވަނަ ދުވަހު އެވެ.
އަންނަ މަހު 7 ވަނަ ދުވަހަކީ ރޯދަ މަސް ނިމި ހަ ރޯދައަށް ފަހު އެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށީ މިދިޔަ ފެބްރުއަރީ މަހު ކުރީކޮޅެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މި ދައުރު ނިމޭނީ އަންނަ 15 މެއިގަ އެވެ.
ފަހު 10އަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލިއިރު، މުޅި ރޯދަ މަހަށް އެއްކޮށް ޖަލްސާތައް ނުބާއްވާ ގޮތަށް ޕީއެންސީގެ ޕީޖީން މީގެ ކުރިން މަސައްކަތް ކުރި އެވެ. އެގޮތަށް ކޮމިޓީން ފާސްކުރި ނަމަވެސް އާއްމުންގެ ފާޑު ކިޔުން އަމާޒުވުން ފަހުން ޕީއެންސީ ޕީޖީން ވަނީ ރޯދަމަހު ވެސް މަޖިލިސް ބޭއްވުމަށް ނިންމައިފަ އެވެ.

1 Comment
ގުޅުންހުރި
އެއް ކުއްޖަކު ނުވަތަ ދެ ކުދިންނަށްވުރެ އިތުރަށް ދަރިން ނުހޯދުން ފެޝަނަކަށް
ފިރިހެނަކު ފިރިހެނަކަށް ވަނީ 65 އަހަރު ފުރުމުން: އިބްރާހިމް ހުސެއިން
އެއް ދުވަހު އިތުބާރު ނުކުރެވޭ ވެރިއަކަށް އަނެއް ދުވަހު އިތުބާރު ކުރެވިދާނެ,
މުޒާހަރާތަކަށް ނުކުމެ, ފުލުހުންނާ ކުރިމަތިލާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލެންޖެހޭ: ފަލާހު
މީޑިއާ ބިލު ފާސްކުރުމުން ހާމަވަނީ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާކަން:
ލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައި ކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި