ރޯދައިގެ ފުރަތަމަ 20: ޒަކާތަށް 7.6 މިލިއަން ރުފިޔާ، މިދިޔަ އަހަރަށްވުރެ 2.9 މިލިއަން އިތުރު!

މި ރޯދަ މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރާއްޖޭގެ ޒަކާތު ހައުސިން އިން ބުނެފި އެވެ.

މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު 2،913،839.61ރ. އަދި މެދު 10 ގައި 4،718.372.42ރ. އާއެކު ޖުމުލަ ޖުމުލަ 7،623،214ރ. ވަނީ ބަލައިގެންފަ އެވެ.

މިއީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަށްވުރެ 2.9 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ 10 ދުވަހު ލިބުނީ 1،601،209ރ. އެވެ. އަދި މެދު 10 ގައި ލިބުނީ 2،913،839.61ރ. އެވެ.

ފަހު 10 ގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ (23 މާޗް އިން 30 މާޗް އަށް) ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށެވެ. މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ނަގުދު ފައިސާ އިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުންނެވެ.