މީގެ ދެ އަހަރު ކުރިން، 2023 ގައި ފްރާންސްގެ އަވަށަކުން ވީނުވީއެއް ނޭނގި ގެއްލުނު ކުޑަކުއްޖާ މަރާލިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މާމައާއި ކާފަ ހައްޔަރުކޮށްފި އެވެ.
އުމުރުން ދެ އަހަރުގެ އެމިލް ސޮލެއިލް ވީނުވީއެއް ނޭނގި ގެއްލުނީ ފްރާންސްގެ ފަރުބަދަމަތީ އަވަށެއްގައި އުޅެމުންދިޔަ އޭނާގެ މާމައާއި ކާފަ އާއެކު އުޅެމުން ދަނިކޮށް ޖުލައި 2023 ގައެވެ. އޭގެ ނުވަ މަސް ފަހުން އަވަށާ މޭލަކަށްވުރެ ދުރުން ކުއްޖާގެ ބޯކަށްޓާއި ދަތްތައް ފެނުނުއިރު، ފަހުން ކުއްޖާގެ އިތުރު ކަށިތަކަކާއި ލައިގެން ހުރި ހެދުންތައް ވަނީ ފެނިފަ އެވެ.
ނަމަވެސް މުޅި ގައުމު ހައިރާންކޮށްލި އެ ހާދިސާގައި ކުއްޖާއަށްވީ ކިހިނެތް ކަމެއް މިއަދާ ހަމައަށްވެސް އޮތީ ނޭނގި އެވެ. ޕްރޮސިކިއުޓަރުން އޭރު ބުނީ، ކުއްޖާ ވެއްޓި މަރުވީ ކަމަށް ނުވަތަ މީހަކު އެ ކުއްޖާ މަރާލީ ކަމަށް ވެދާނެ ކަމަށެވެ.
އޭއެފްޕީއަށް ފޮނުވި ބަޔާނެއްގައި އެކްސް–އެން–ޕްރޮވެންސްގެ ޗީފް ޕްރޮސެކިއުޓަރު ޖީން–ލުކް ބްލާޝޯން ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނު އެމިލް ސޮލެއިލްގެ ކާފަ ފިލިޕް ވެދޮވިނީއާއި އޭނާގެ އަނބިމީހާ ”ގަސްތުގައި މީހަކު މެރުމުގެ“ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުން އާއިލާގެ އިތުރު ދެ މެންބަރުން ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންނަކީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެ އެވެ.




ގުޅުންހުރި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15
ތޫފާނުގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 193 އަށް, 200