އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާއަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާއަށް ފުރުވާލައިފި އެވެ.
އައިޖީއެމްއެޗުން ބުނީ އެ ފިރިހެން މީހާ އިއްޔެގެ ވަގުތެއްގައި ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ހާލުވެސް ސީރިއަސްއެވެ. އޭނާ ވެންޓިލޭޓަރުން ނެގީ މީގެ 2 ދުވަސް ކުރިންނެވެ.
އއ. ރަސްދޫގެ ގެއެއްގެ ކޮޓަރިއެއްގައި ހިނގި އެ އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މާރޗް 31 ވަނަ ދުވަހު ވަނީ މަރުވެފަ އެވެ.



