މިދިޔަ ހުކުރު ދުވަހުގެ ދަންވަރު ހ. ފެންޓޯނިއާ ގޭގެ ނުވަވަނަ ބުރިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅޭ ގޮތުން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހިނގަމުންދިޔަ ވަގުތު ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއަށް ގުޅިކަން ހާމަވެއްޖެ އެވެ.
ހ. ފެންޓޯނިއާ ގޭގެ މަތިން ޔުމްނު ވެއްޓުނު ނަމަވެސް އޭނާ އާއި އިތުރު އަށް މީހަކު އެ ރޭ ފުރަތަމަ ދިޔައީ ގ. މާމެންދޫގެ ދެކުނުގެއަށެވެ. އެއީ އަމީންވެސް ދިރިއުޅުއްވާ ގެ އެވެ. މި މައްސަލައިގައި އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކުވެސް ހިމެނޭއިރު, އެ މީހުން އެ ގޭގައި ’ޕާޓީ‘ ކުރި ކަމަށް ބެލެވޭ ކަމަށް ފުލުހުންވެސް ބުނެ އެވެ.
މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހިނގަމުންދިޔަ އިރު އަމީން, ސީޕީ ޝުޖާއުއަށް ގުޅިކަން ހާމަވަނީ ޕްރެސް ދޭން ތިބި ފުލުހުން ވާހަކަ ދައްކަން ޖަހާފައި ހުރި މައިކަށް އަރާފައިވާ އަޑުންނެވެ.
އެގޮތުން ’މިނިސްޓަރު އަމީން އެބަ ގުޅާ ވަރަށް‘ މިހެން ބުނާ އަޑު އޭރު އެތަނުގައި ބަހައްޓާފައި ހުރި މައިކުތަކުން ލައިވްއަށް އަރާފައި އެބަ ހުއްޓެވެ. އޭގެ އިތުރުން ފޯން ވައިބްރޭޓްވާ އަޑުވެސް އިވެ އެވެ. އެހެން ބުނި ވަގުތަކީ ޔުމްނު ވެއްޓުނު ހާދިސާގެ ސެކިއުރިޓީ ފުޓޭޖުތައް ދައްކަމުންދިޔަ ވަގުތެވެ.
އަމީން, ސީޕީ ޝުޖާއުއަށް މިއަދު ގުޅިކަން ހާމަވި އިރު, މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވަނީ އެކި ކަންކަމުގައި އަމީން އޭނާއާ ގުޅުއްވާ ކަމަށާއި ނަމަވެސް ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އަމީން ނުގުޅުއްވާ ކަމަށާއި ނުފޫޒެއްވެސް ނެތް ކަމަށް ވިދާޅުވެފަ އެވެ.
އަދި އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މައްސަލައާ ގުޅޭ ތަހުގީގަށް އަޕްޑޭޓެއް ހޯދުމަށް ނުވަތަ އެއްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާގެ ތެރެއިން ނުވަތަ ސަރުކާރާއި އެ ނޫންވެސް ފަރާތަކަށް އޭނާ އެންމެ ފޯން ކޯލެއްވެސް ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ގުޅުންހުރި
ޒުވާނާ ވެއްޓުނު ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން: ރައީސް
ގާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތު ކުރުމެއް ނޯންނާނެ: ރައީސް
ޔުމްނާ އާއެކު އުޅުނު ރައުދު އެއްބާރުލުމެއް ނުދޭ، ހައްޔަރުކުރަން އަމުރަކަށް އެދިއްޖެ
ޔުމްނާ ވެއްޓުމުގެ ކުރިން ދިޔަ ޕާޓީގައި އުޅުނު މީހުންގެ ފޮޓޯ އާންމުކޮށް،
”ޕާޓީ“ ކުރި ކަމަށް ތުހުމަތުވާ އިޒްދިޔާން ވަކިކޮށް، ދާއޫދު ސަސްޕެންޑް ކޮށްފި
އެސްޓީއޯ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ރޭޑިއޯގްރަފަރުން ތަމްރީނުކޮށްފި