އޭޕްރިލް 29, 2025

ސަރުކާރުގެ ހަރަދުގައި ޔުމްނު ބޭސްފަރުވާއަށް މެލޭޝިއާއަށް ފޮނުވަނީ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ޒުވާން އަންހެން މީހާ އިތުރު ފަރުވާއަށް، ސަރުކާރުގެ ހަރަދުގައި ރާއްޖޭން ބޭރަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ޔުމްނުގެ އާއިލާއިން މިރޭ ބުނީ މިއަންނަ އާދިއްތަ ދުވަހު ޔުމްނު މެލޭޝިއާއަށް ގެންދިޔުމުގެ އިންތިޒާމް އެންސްޕާ މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށާއި ބޭސް ފަރުވާގެ ހުރިހާ ހަރަދެއް ކުރާނީ އެންސްޕާއިން ބުންޏެވެ.

”އެކަމަކު ވީހާ ވެސް އަވަހަކަށް ބޭރަށް ގެންދަން ބޭނުންވާތީ، އާދީއްތައިގެ ކުރިން ވެސް ޗާޓަރު ފްލައިޓެއް ހަމަޖެހޭތޯ އެންސްޕާ މެދުވެރިކޮށް ދަނީ ބަލަމުން. އެންސްޕާގެ އެއްބާރުލުން އަޅުގަނޑުމެންނަށް ދަނީ ލިބެމުން،“ އާއިލާ އިން ބުންޏެވެ.

އާއިލާއިން ބުނީ އެންސްޕާގެ ފަރާތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. އެކަމަކު، އެކަން ގަބޫލުނުކޮށް، މި މައްސަލައިގައި ފުލުހުން އާންމު އުސޫލުން ބޭރުން އަމަލުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައުދު ހައްޔަރު ކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުކޮށްފައިވެ އެވެ.

ރައުދުގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު ވަނީ ފަސް ދުވަހަށް އިތުރުކޮށްދީފަ އެވެ.

ފުލުހުން ފުރަތަމަ ވެސް ޕާސްޕޯޓު ހިފެހެއްޓީ ޔުމްނު ވެއްޓުނުއިރު ގާތުގައި ހުރި ރައުދުގެ އެކަންޏެވެ. އޭނާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

 

2 Comments

  • Abdulla Mv އޭޕްރިލް 25, 2025

    Ahlhugaduge beybe IGMH ga admit kohgen ithuru faruvaaah Indian gendhan doctor buneemaves Asandha nulibigen Salaam jaahathaa 1 mahahvure ginadhuves,

  • Ibrahim Mohamed އޭޕްރިލް 25, 2025

    Thi Mathi omaan kuranvegen kuraa kameh…😡😡😡
    Nikamethi fageerun mijehenee reyaa dhuvaalu mi meehun kaareega salaan Jahan.

Leave a Reply