މިމަހުގެ އެއްވަނަ ދުވަހުގެ ރޭ މަސްތުވެގެން ހުރެ ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ހެޑްލައިޓް ނުދިއްލާ ހަތަރު ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރުސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަކުރެވުނު ކަމަށެވެ.
އަދި އެ ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސްފައިވާތީ، އެހެނިހެން ބީޓްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
އެ މައުލޫމާތާ ގުޅިގެން ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ޕެޓްރޯލް ބީޓްތަކުން އެ ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުމާލެ ފޭސް އެކެއް، ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް ދަތުރު ކުރަމުންދާ މަންޒަރު ފެނުނު ކަމަށް ފުލުހުން ބުންޏެވެ އަދި، މަޑުކުރުމަށް އިޝާރާތް ކުރުމުން މަޑުނުކޮށް، ބަމްޕަރުތަކަށް ވެސް އަދި ގޯޅި އަޅާއިރު ވެސް ދުވެލި މަޑު ނުކޮށް ނުރައްކާތެރިކޮށް ދަތުރު ކުރަމުން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތަށް ދުއްވަމުންގޮސް ކާރު މަޑުކޮށްފައިވަނީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރިއަށް ކަމަށާއި އަދި ފުލުހުން ކާރު ކައިރިއަށް ދިއުމުން އަނެއްކާ ވެސް ކާރު ދުއްވާލަން އުޅެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން، ކާރު ދުއްވި ހމ. ފްލެޓްނަންބަރު 07-1-4 / މާލެ، މުހާއްމަދު މާއިސް (23އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
އެ ކާރު ހުއްޓުވި އިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތް ކަމަށާއި ޓަޔަރު ފެނިފައިވަނީ 103 ނަންބަރު ފްލެޓް ކައިރިން ކަމަށް ފުލުހުން ބުންޏެވެ. އިތުރު ގެއްލުންވެސް ކާރަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން، ކާރު ޓޯ ކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި
ޓްރީ ޓޮޕާއި އޭޑީކޭ އިން މިދިޔަ މަހު ފަރުވާ ހޯދި މީހުނަށް
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު