ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން އެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައަށް، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވާން ފުރުސަތު ނުދިނުމަށް އެ ކޮމިޓީން ފާސްކޮށްފި އެވެ.
ކޮމިޓީގައި މި މައްސަލަ ބެލުމުގެ ބައްދަލުވުން ފައްޓަަވަމުން، ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ، އެކަމާ ގުޅޭ ދެ މައްސަލައެއް ކޮމިޓީގައި ހިމެނޭކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ، ފަނޑިޔާރުން ވަކިކުރަން ނިންމައި، އެކަމާމެދު ރައްިޔތުންގެ މަޖިލީހުންގޮތެއް ކަނޑައެޅުމަށް ޖޭއެސްސީން ފޮނުވާފައިވާ މައްސަލަ އާއި، އެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން މިންމީ ގާނޫނުގައި ބުނާ އިޖުރާއަތްތަކާ ހިލާފަށްކަމަށް ބުނެ، ކޮމިޓީއަށް ހާޒިރުވެގެން އެ މައްސަލައަށް ޖަވާބުދާރީވާން ހުށަހަޅާފައިވާ މައްސަލަ އެވެ.
އޭގެ ތެރެއިން، ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދި ހުށަހަޅުއްވާފައި ވަނީ، އަޒްމިރަލްްދާ ޒާހިރެވެ.
މުގައްރިރު ވިދާޅުވީ، މަޖިލިސް ގަވާއިދު ބުނާގޮތުން އެކަމުގައި ކޮމިޓީން ބަލަންޖެހެނީ، އެ މައްސަލަ ޖޭއެސްސީން ނިންމީ އިޖުރާއަތްތަކާއެއްގޮތަށްތޯ، ކަމަށެވެ.
އެހެންކަމުން ކޮމިޓީއަށް ލިބިފައިވާ ދެ މައްސަލައަކީ ގުޅުން އޮތް، އެއްވައްތަރުގެ ދެ މައްސަަކަމުން އެ ދެ މައްސަލަ އެކުއެކީގައި ކުރިއަށްގެންދިއުމާމެދު ކޮމިޓީން ގޮތެއް ކަނޑައަޅައި ދިނުމަށް ބަހުސް ހުޅުވައިލެއްވި އެވެ.
އެންމެ ފުރަތަމަ ލިބުނު ފުރުސަތުގައި، އެމްޑީޕީގެ ހިތަދު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވީ އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލަ ފުރަތަމަ ކުރިއަށްގެންދިއުމަށެވެ.
ނަމަވެސް އެ ދެ މައްސަލައަކީ އިޖުރާއަތާ ގުޅިގެން ހުށަހަޅާފައިވާ، އެއްބާވަތުގެ ދެ މައްސަލަކަމަށް ވިދާޅުވެ، އެ ދެ މައްސަލަ އެކުގައި ކުރިއަށްގެންދަން ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއީލް ނިޒާރު ހުށަހެޅުއްވި އެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދުގެ ތާއީދާއެކު، ނިޒާހު ހުށަހެޅުއްވިގޮތަށް އެ މައްސަލަ އެއްކޮށް ކުރިއަށްގެންދަން ފާސްކުރި އެވެ.
އޭގެ ފަހުން ހުޅުވައިލި ފުރުސަތުގައި އެމްޑީޕީގެ ކެންދު ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ، މައްސަލަ ބަަލައި ދިނުމަށް އެދި އަޒްމިރަލްދާ ކޮމިޓީއަށް ފޮނުވި ސިޓީގައި އިޖުރާއީގޮތުން ފާހަަގަކޮށްފައިވާ ބޮޑެތި ކަންބޮޑުވުންތަކެއް ހިމެނޭކަމަށެވެ.
އެގޮތުން، ޖޭއެސްސީގެ މައްޗަށް އަޒްމިރަލްދާ ކޮށްފައިވާ ތުހުމަތު ތަކުގެ ތެރޭގައި، ގާނޫނީ ވަކީލެއްގެ އެހިތެރިކަން ނިގުޅައިގަތުމާއި، އިންސާފުން އެއްކިބާވެ، ވަކި ނަތީޖާއެއް ހާސިލް ކުރުމަށް ޖޭއެސްސީން މަސައްކަތްކުރުމާއި، ފުރައްސާރަ ކުރުމުގެ ގޮތުން ޖޭއެސްސީގެ އިސްނެގުމަށް އެތައް އަހަރެއްކުރިން ހިގާފާއިވާ ހާދިސާތައް ތަހުގީގު ކުރަމުންދާކަމަށް ބުނުމާއި، އެ މައްސަލަ ނިންމުމުގައި، އިންސާފުން އެެއްކިބާވެ ޖޭއެސްސީ އާއި އެ މައްސަލަބެލި ޖޭއެސްސީގެ ކުޑަ ކޮމިޓީން މަސައްކަތްކޮށްފައިވުން ހިމެނެ އެވެ.
އޭގެ އިތުރުން އާއްމު ހުޅުވާލައިގެން މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދަން އެދިފައިވަނިކޮށް، އަޑުއެހުންތައް ސިއްރު ކުރުމާއި، މައްސަލައިގެ ލިޔެކިއުންތައް ނުދިނުމާއި، މައުލޫމާތު ސިއްރުކޮށްގެން އަޒްމިރަލްދާގެ ހައްގުތަކަށް ހުރައް އެޅުމާއި، ހުށަހަޅާފައިވާ ހެކިތަކށް މައްސަލަ ނިންމުމުގައި ރިއާޔަތް ނުކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

ގުޅުންހުރި
އައްޑޫ މަޝްރޫއުތަކަށް ފެނަކައިން މީހުން ނެގީ އައިޑީކާޑަށް ބަލައިގެން، އިންޓަވިއުއެއް ނުކުރޭ!
ހުޅަނގު މޫސުމުގެ ބާރު ގަދަވަނީ، ކުރިއަށް އޮތީ ވިއްސާރަ 3 ދުވަސް
ރާއްޖޭގެ 16 ޕަސަންޓް ކުދިން ކިޔަވަން ނުދޭ، ދެ ޕަސަންޓް ކުދިން
ބައްސާމް ވިދާޅުވީ ހިޔާނާތްތެރިވި ކަމަށް ބުނާ ފައިސާއަކީ އޭނާއަށް ލިބެންޖެހޭ ފައިސާ
އެލައިޑް ފެސްޓް މާލެއިން ބޭރަށް، އަތޮޅު ތެރޭގައި ބޭއްވި އެންމެ ފުރަތަމަ
އެފްރިކާގައި ހަލުވިކަމާއެކު އެމްޕޮކްސް ފެތުރެނީ، ބަލީގައި މަރުވި އަދަދު 1،700 އިން