ރައީސް އޮފީހުން ބޭނުންކޮށް ބާވެ ހަލާކުވެފައިވާ އޭސީތަކަކާއި ހޮޅިތަކެއް ނީލަމުގައި ވިއްކާލަން އިއުލާންކޮށްފި އެވެ.
ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުސޫލުން ނީލަން ކިޔުން އަމީނީމަގުގައި ހުންނަ ރިހިޖެހިކޮށީގައި މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކުރިއަށްދާނެ ކަމަށެވެ.
ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، އެ ދުވަހު ހާޒިރުވުމުން ނީލަމުގައި ބައިވެރިވެވޭނެ ކަމަށް ވެސް ބުންޏެވެ.
ރައީސް އޮފީހުން ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި:
- 8 އަހަރު ވެފައިވާ އެލްޖީ ބްރޭންޑުގެ ތިން އައުޓްޑޯ އޭސީ
- 9 އަހަރު ވެފައިވާ އޮޓޯ ބެރިއާ ޕާކިން ގޭޓް ސިސްޓަމެއް
- 14 އަހަރު ވެފައިވާ ހައި ޕްރެޝާ ކްލީނަރެއް
- 17 އަހަރު ވެފައިވާ 9 އޭސީ
- 17 އަހަރު ވެފައިވާ 10 އެލުމިނިއަމް ދަގަނޑު ހޮޅި
- 17 އަހަރު ވެފައިވާ 5 އެސްއެސް ހޮޅި
- 17 އަހަރުވެފައިވާ 6 ޖުންގު
- 17 އަހަރުވެފައިވާ 2 ލަކުނޑި ދިދަ ދަނޑި

2 Comments
ގުޅުންހުރި
ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި
ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ނަމުގައި އާ ކުންފުންޏެއް އުފައްދައިފި
ގާ އެޅުމަށާއި ކާސްޓިން މަސައްކަތްތަކައް ކުންފުންޏެއް ރައީސް އުފައްދަވައިފި
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއިއަކަށް ކުރީގެ ރައީސް ވަހީދު
މޯލްޑިވްސް އެކްސްޕޯގައި 275 ވަނައެއް ހޮވައި އިނާމު ދީފި، ރަން ވަނަ
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ފޯމު