ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް އިސްތިއުފާދެއްވުމާ ހަަމައަށް މުސާރަ ފުރިހަމައަށް ދީފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެ ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި އެގޮތަށް ބުނީ މުސާރަ އާއި އިނާޔަތްތައް ނުލިބިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އޭނާ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.
އެ ބަޔާނުގައި ޑީބީއެމްއިން ބުނީ ސީއީއޯގެ މަގާމުން ނޮއެލް އިސްތިއުފާ ދެއްވީ މުސާރަ ނުދީގެން ނޫން ކަމަށެވެ. އޭނާ ވަނީ އިސްތިއުފާ ދެއްވުމުގެ ކުރިން ރާއްޖެ ދޫކުރައްވައި ވަޑައިގެންފައި ކަމަށް ޑީބީއެމުން ބުންޏެވެ.
ޑީބީއެމްގެ ސީއީއޯގެ މަގާމުން ނޮއެލް އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. މުސާރަ އާއި އިނާޔަތްތައް ނުލިބޭ ކަމަށް ވިދާޅުވެ އޭނާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު މައްސަލަ ހުށަހަޅުއްވާފަ އެވެ. އޭނާ ހުށަހެޅުއްވި މައްސަލަ ޓްރައިބިއުނަލުން ވަނީ މި މަހުގެ ހަތް ވަނަ ދުވަހު ބާތިލުކޮށްފަ އެވެ.
ޑީބީއެމްއިން ބުނީ މި އަހަރުގެ މާޗު 20 ގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ސީއީއޯ ހުށަހެޅުއްވި އިސްތިއުފާ، އެ ބޯޑުން ވަނީ އެ ތާރީހުން ފެށިގެން ބަލައިގަނެ، އެކަން ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށާއި ސީއީއޯއަށް ވެސް އެ މަހުގެ 23 ގައި އަންގާފައި ކަމަށެވެ.
އިސްތިއުފާ ހުށަހެޅުއްވުމަށްފަހު ބޭންކުގެ އެއްވެސް މަސައްކަތެއްގައި ނޮއެއް އުޅުއްވާފައިނުވާނެ ކަމަށް ޑީބީއެމުން ބުންޏެވެ.

ގުޅުންހުރި
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން