ބ. ގޮއިދޫ ސްކޫލްގައި އިނގިރޭސި ކިޔަވައިދޭ އިންޑިއާ ޓީޗަރެއްގެ ބަދުއަހުލާގީ މައްސަލަތަކެއް ފެންމަތިވުމުން އެ ޓީޗަރަށް ރާއްޖެއަށް ނާދެވޭ ގޮތަށް ލިސްޓުކޮށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ގޯރީސަންކަރު ޕީޖީ ނަމަކަށް ކިޔާ ޓީޗަރު ބަދުއަހުލާގީ އަމަލު ހިންގުމަށް އެދި އެހެން ފިރިހެނުންނަށް މެސެޖުކޮށްފައި ހުރި ޗެޓްލޮގްތަކެއް މިދިޔަ ހޯދަ ދުވަހު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އަދި އެ ޓީޗަރުގެ މައްސަލަ ފަޅާއެރި ރޭ ފުލުހުންނަށް އެކަން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ވިދާޅުވީ އެފަދަ ކަންކަމަކީ ޓީޗަރެއްގެ ކިބައިން އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ.
އެ ޓީޗަރުގެ މައްސަލަ މިނިސްޓްރީއަށް ހުށަހެޅި ހިސާބުން، ޓީޗަރު ވަޒީފާއަށް ނުކުތުން ހުއްޓުވައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”އެ ޓީޗަރަށް ދެން ރާއްޖެ ނާދެވޭ ގޮތަށް ބްލެކް ލިސްޓުކޮށް ފޮނުވާލުމުގެ މަސައްކަތް ކުރެވެމުންދަނީ،“ މިނިސްޓަރު ވިދާޅުވި އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި