ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެކުރީގެ މެންބަރު އަލީ ހަމީދުގެ ކުންފުންޏެއް ކަމަށްވާ ނޯތް ކޮންސްޓްރަކްޝަން ކުންފުންޏަށް 44 މިލިއަން ރުފިޔާގެ އެޑްވާންސެއް ދިނުމުން އާސަންދައަށް 40 މިލިއަން ރުފިޔާއަށް ގެއްލުމެއް ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އަލީ ހަމީދުގެ އެ ކުންފުންޏަށް އެޑްވާންސަށް ދިން 44 މިލިއަން ރުފިޔާއަކީ ހަ ބުރީގެ ހޮސްޕިޓަލެއް ހެދުމަށް ދިން ފައިސާ އެވެ. އެ ފައިސާާ އާސަންދައިން އެ ކުންފުންޏަށް ދީފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ޕްރޮޖެކްޓުގެ އަގަކީ 61 މިލިއަން ރުފިޔާ އެވެ. އަލީ ހަމީދުގެ ކުންފުންޏަށް އެ އެ ޕްރޮޖެކްޓުން ން ޕަސެންޓް ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭރު އަންދާޒާކުރި އެވެ.
ހަ ބުރީގެ ހޮސްޕިޓަލް ނިންމުމަށް އާސަންދައިން، އަލީ ހަމީދުގެ ކުންފުންޏަށް ދީފައިވަނީ 15 މަސް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ނުދާތީއާއި ޖޫން 2017 ގައި ބަޖެޓް މައްސަލަތަކަކާ ހުރެ އާސަންދައިން ވަނީ އެ ޕްރޮޖެކްޓުގެ ކަންކަން މަޑުޖައްސާލަން އަންގައިފަ އެވެ. އާސަންދައިން ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ސަބަބުން ކުންފުންޏަށް ގެއްލުނު ލިބުނު ކަމަށް ބުނެ ކުރީ ސަރުކާރުގެ ދުވަސްވަރު ހެދި ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން އެހެން މަޝްރޫއެއް އެ ކުންފުންޏާ ހަވާލުކޮށް، 44 މިލިއަން ރުފިޔާ މިދިޔަ އަހަރު އެ ކުންފުންޏަށް ދޫކުރިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން މިމަހުގެ 15 ވަނަ ދުވަހު އާންމުކުރި މިދިޔަ އަހަރުގެ އާސަންދައިގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އަލީ ހަމީދުގެ ކުންފުންޏަށް ފައިސާ ދިނުމުގެ ސަބަބުން ވަނީ އާސަންދަށް ވަނީ 44 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން އަލީ ހަމީދުގެ ކުންފުންޏަށް 44 މިލިއަން ރުފިޔާ އާސަންދައިން ދޫކުރީ ހުޅުމާލޭގައި 10 ބުރީގެ ހޮސްޕިޓަލެއް ހެދުމަށެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ މަސައްކަތް ފެށިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. އެ މައްސަލަ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް ބެލި އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން އާސަންދަ ކުންފުންޏަށް މިދިޔަ އަހަރު ވަނީ 470 ޕަސެންޓުގެ ގެއްލުމެއް ވެފަ އެވެ. އާސަންދަ ކުންފުނީގެ 2023 ވަނަ އަހަރުގެ ފައިދާއަކީ ހަތް މިލިއަން ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

ގުޅުންހުރި
ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލެއްގެ އިމާރާތް ހަދަން އެލްއޯއީގައި ސޮއިކޮށްފި
ރާއްޖޭގައި ވެސް ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަތާ އެތައް ދުވަހެއް، ސަމާލުވާން
ފުލުހުންގެ އިހުމާލުން ދޫވުމުން އާ އަމުރެއްގެ ދަށުން ރައުދު އަނެއްކާވެސް ހައްޔަރުކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 15 ބޭފުޅުން، ލޯޔަރު ވައްޑެ އާއި
އާއިލާގެ އެެއްބާރުލުން ނުލިބޭތީ މެލޭޝިއާގެ ފުލުހުންގެ އެހީގައި ޔުމްނުގެ ބަޔާން ނަގަނީ
ފުލުހުންގެ އިހުމާލުން ރައުދު ބަންދުން ދޫވެއްޖެ