މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އޭނާގެ އާއިލާގެ ފަރާތުން މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ލިބެމުންނުދާތީ މެލޭޝިއާގެ ފުލުހުންގެ އެހީގައި ޔުމްނުގެ ބަޔާން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގެެއެއްގެ އިމާރާތެއްގެ މަތިން ވެއްޓި މިހާރު މެލޭޝިއާގައި ފަރުވާ ހޯދަމުންދާ އަންހެން މީހާއާ ސުވާލުކުރުމުގެ އިންތިޒާމު އާއިލާގެ އެއްބާރުލުން ލިބުމާއެކު ހަމަޖެއްސުމަށް ފުލުހުން ތައްޔާރުވި ކަމަށެވެ. އަންހެން މީހާގެ ބަޔާން ނެގުމަށް ފުލުހުންގެ މެޑިކަލް ޑޮކްޓަރެއް މެލޭޝިއާގައި މިހާރުވެސް ހުރިކަމަށް ފުލުހުން ބުންޏެެވެ. އަދި އިތުރު ފުލުހެއް ވެސް މެލޭޝިއާގައި ހުރި ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އަންހެން މީހާގެ އާއިލާއާ ތަކުރާރުކޮށް މުއާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، އެކަމަށް އާއިލާގެ ފަރާތުން އެއްބާރުލުން ދީފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
”އެއްބާރުލުން ލިބިފައިނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ގެންދާ ވާހަކަ ދަންނަވަމެވެ“ ފުލުހުން ބުންޏެވެ.
އަންހެން މީހާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވެސް އެއްވެސް މައުލޫމާތެއް މިހާތަނަށް އާއިލާއިން ފުލުހުންނާ ހިއްސާކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަންހެން މީހާއަށް ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލު ކުރިއިރު އެކަންވެސް ފުލުހުންނަށް ހިއްސާކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މައްސަލައިގެ ތަހުގީގަށާއި އަންހެން މީހާގެ ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ލިބެމުންނުދާކަމަށް ފުލުހުން ބުނިއިރު މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުން ވަނީ ޔުމްނު ވެއްޓުނުއިރު އޭނާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލައިފަ އެވެ.

ގުޅުންހުރި
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް