މެއި 23, 2025

ރާއްޖޭގައި ވެސް ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަތާ އެތައް ދުވަހެއް، ސަމާލުވާން އެންގީ މިއަދު!

ފާއިތުވީ ހަފުތާތަކުގައި ކޮވިޑް-19 ރޯގާ ޖެހިގެން ރިޕޯޓުކުރެވުނު މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، ކޮވިޑް ރޯގާގެ ކޭސްތައް ރިޕޯޓު ކުރެވުނު މިންވަރު މި ފަހުން އިތުރުވެފައިވާ ކަމަށެވެ. އަދި މި ދުވަސްވަރު އާންމުކޮށް ފެތުރޭ ވައިރަލް ރޯގާއާއި ޑެންގޫ އަދި އިންފްލޫއެންޒާގެ ކޭސްތައް ވެސް ގިނަ އަދަދަކަށް ރިޕޯޓުކުރެވުމުންދާ ކަމަށް ބުންޏެވެ.

އެޗްޕީއޭ އިން ބުނީ، ބަލިތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓާކޮށް، އިތުރު ތަފުސީލު ހާމަކުރަމުން ގެންދާނެ ކަމަށެވެ. އަދި ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރި އެވެ

ކޮންމެ އަހަރެއްގެ ވެސް ވިއްސާރަ މޫސުމާ ދިމާކޮށް ބަލިތައް ފެތުރުން ވަރަށް ބޮޑަށް އިތުރުވެ އެވެ.

8 Comments

  • Zahira Hasan މެއި 22, 2025

    Heulevunima engeyni alhugadumenyan egey othy enmekamenvinya

  • Alhaiy Mibunani މެއި 22, 2025

    dhn resort boys resort ga bandhu kurey. eyrun covid fethurun huhteyne.

  • Moonjau MoonZazee މެއި 22, 2025

    4key kiyan feshee dw anehkaa😡😡

  • Abdul Waajidh މެއި 22, 2025

    Laarigandeh hoadhan ulhey kommes kairi gaumakun avahah,

  • Abdullah Khalidh މެއި 22, 2025

    Avas adhi

  • Zuleyka Ahmed މެއި 22, 2025

    ކޮވިޑްއޭ ބުއްޏަސް މިހާާރު ރައްޔިތުން ބިރެއްނުގަންނާނެ

  • Adam Adam Mohamed މެއި 22, 2025

    Kahaa bihi iru vaa nulaathi

  • Ju Ma IL މެއި 22, 2025

    Eid ah vaccine kolhey vikaaleveytho 🤦🏻‍♂️

Leave a Reply