ޖަޕާނުގައި 50 އަށްވުރެ ގިނަ އަންހެނުން ރޭޕްކުރި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ 54 އަހަރުގެ ފިރިހެނެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ އެ އަމަލުތައް ފަޅާއެރީ އޭނާ ދުއްވާ ޓެކްސީއަށް އެރި އަންހެނަކަށް މަސްތުވާތަކެތި ދީ އޭނާ ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ހިންގި ތަހުގީގުންނެވެ.
ޖަޕާނުގެ ޕޮލިހުން ހިންގި ތަހުގީގުގައި ހައްޔަރުކުރި މީހާގެ އަތުން އަންހެނުންނާއެކު ބަދުއަޚުލާގީ އަމަލު ހިންގާ 3،000 ފޮޓޯއާއި ވީޑިއޯ ހުއްޓެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އެ އަންހެނުން ރޭޕް ކުރަނީ ނިދާ ބޭސް ދިނުމަށްފަހު އެވެ.



