ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އައްޔަން ކުރައްވައިފި އެވެ.
އެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް އައްޔަން ކުރެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ ރައީސް ވަހީދުއާ ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، ރައީސް ވަހީދަކީ ވަރަށް ގާބިލު ބޭފުޅެއްކަން ފާހަގަކުރައްވައި ރާއްޖޭގެ ހާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތް ކޮށްދެއްވުމަށާއި އިގުތިސާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ގައުމުތަކާއެކު މަޝްވަރާ ކުރައްވައި އެ ރޮގުން ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތް ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ.
އަދި މަގަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެ މަނިކުފާނުގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ބައްދަލުކުރެއްވުމުގައި ރައީސް ވަހީދު ވަނީ ސަރުކާރަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، އެ މަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒަށް އަރުވައިފަ އެވެ.
ރައީސް ވަހީދަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމު އަދާކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވި އިރު، އެ މަނިކުފާނަކީ ޔުނިސެފުގައިވެސް އިސް މަގާމުތަކެއްގައި ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ވަހީދު ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މުސާރަ ލިބިވަޑައި ނުގަންނަވާ ގޮތަށް ކަމަށެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި