ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސޫދާނުގައި ހަލުވިކަމާއެކު ކޮލެރާ ފެތުރެން ފަށައިފި އެވެ.
ސޫދާންގެ ހެލްތް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ހަފުތާ ތެރޭގައި ކޮލެރާގެ 2،7000 ކޭސް ފެނުނުއިރު ބަލީގައި 172 މީހުން މަރުވެފައިވާ ކަމަށެވެ. އަދި ބަލި ޖެހިގެން ރިޕޯޓް ކުރި ކޭސްތަކުގެ ތެރެއިން 90 ޕަސެންޓަކީ ކާތޫމް ސްޓޭޓުން ރިޕޯޓް ކޮށްފައިވާ ކޭސްތައް ކަމަށްވެސް ބުންޏެވެ.
ސޫދާންގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ ސިފައިން ދިން ޑްރޯން ހަމަލާއެއްގެ ސަބަބުން ކާޓޫމް ސްޓޭޓްގެ ވަނީ ފެނާއި ކަރަންޓުގެ ހިދުމަތް މެދުކެނޑިފަ އެވެ.
އެގޮތުން އާރުއެސްއެފް އިން މި މަހުގެ ތެރޭގައި ވަނީ ކަތޫމް ސްޓޭޓުގެ ތިން ޕަވާ ސްޓޭޝަނަކަށް ހަމަލާ ދީފަ އެވެ. އެކަމުގެ ސަބަބުން ފެނުގެ ވިއުގަ ހަލާކުވެ، އެ ސްޓޭޓްގެ ރައްޔިތުން ވަނީ ރައްކާތެރި ނޫން ފެން ބޭނުންކުރަން މަޖުބޫރުވެފަ އެވެ.
ކޮލެރާއަކީ ފެނުގެ ޒަރިއްޔާއިން ފެތުރޭ ބެކެޓީރިއަލް އިންފެކްޝަނެކެވެ. ގޮހޮރަށް ބެކްޓީރިއާ ފޯރުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހޮޑުލުމާއި، ބޭރަށް ހިންގުން، ޑީހައިޑްރޭޓްވެ، ވަރުބަލިވުން ހިމެނެ އެވެ.
މި ބެކްޓީރިއާ ހަށިގަނޑުގައި އެކުލެވޭ މަހި، ކާބޯތަކެތީގައި ޖައްސައި، އެ ތަކެތި ކައިފި ނަމަ އިންސާނުންނަށް ބަލި ޖެހޭނެ އެވެ. އަވަސް ފަރުވާ ނުދީފި ނަމަ ކޮލެރާއަކީ މަރުވުން އެކަށީގެންވާ ބައްޔެކެވެ.




ގުޅުންހުރި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15