އަރަފާތު ދުވަހު ފާފަފުއްސެވުން އެދި ދުއާކުރުމަށާއި އަރަފާތު ދުވަހަކީ ދުއާ އިޖާބަކުރެއްވުމުގެ ދުވަސް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުކުރު ހުތުބާގައި ބުނީ އަހަރެމެން ވޭތިކުރަމުން މި ދަނީ ހައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތައް ކަމަށާއި އެއީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށެވެ. ހުތުބާގައި ބުނީ އެއީ ތަގުވާވެރިވުމާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތަކެއް ކަމަށެވެ. ހެޔޮއަމަލުކުރުން ގިނަކޮށް، އާހިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމުގެ ދުވަސްތައް ކަމަށް ހުތުބާގައި ބުންޏެވެ.
މި ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަސް ކަމަށް ހުތުބާގައި ބުންޏެވެ. އެ ދުވަހު އަރަފާތުގެ ބިމަށް ޖަމާވެފައިވާ ހައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތް الله ފުއްސަވައިދެއްވާނެ ކަމަށް ހުތުބާގައި ބުންޏެވެ. އެއީ ފާފަފުއްސެވުމާއި،އަފޫކުރެއްވުމުގެ ދުވަސް ކަމާއި ނަރަކައިން ދިންނަވައި، މުއްތިކުރެއްވުމުގެ ދުވަސް ކަމަށް ހުތުބާގައި ބުންޏެވެ.
އަރަފާތު ދުވަހު ފާފަފުއްސެވުން އެދި ދުއާކުރާށެވެ! އަރަފާތު ދުވަހަކީ”ހުތުބާގައި ބުންޏެވެ “ދުއާ އިޖާބަކުރެއްވުމުގެ ދުވަހެވެ.
މާތް اللهގެ އޯގާވަންތަކަމާއި، ތަނަވަސް ރަހުމަތުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުން ވެސް މި ދުވަހުގެ ސަވާބުން މަހުރޫމެއް ނުކުރައްވާ ކަމަށް ހުތުބާގައި ބުންޏެވެ.
ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެންވާ ކަމަށާއި އަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަން ރަސޫލާގެ ހަދީސުން ސާބިތުވާ ކަމަށް ހުތުބާގައި ބުންޏެވެ.




ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި