އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ.
އެކަން އިއުލާން ކުރައްވައި ރައީސްގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައިނަލްއަގުވާމީ ބައިވެރިންނާއެކު، މި ފެށޭ ޖެނެރަލް އެސެމްބްލީ އަކީ ކާމިޔާބު އެސެމްބްލީ އަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ. އަދި ރާއްޖެއަށް މިފަދަ ފުރުސަތެއް ލިބުމުން އެކަމަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ޕޯސްޓުގައި މި އަހަރަކީ ރާއްޖެ އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި 60 އަހަރު ފާހަގަކުރާ އަހަރު ކަމަށް ވިދާޅުވެ، ރާއްޖެ އިން ދޭދޭގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ކޮންމެ ސެޝަނަކަށް އޭޝިއާ ޕެސިފިކް ގުރޫޕުގެ ތެރެއިން ފަސް ނައިބު ރައީސުން އިންތިހާބުކުރެ އެވެ. ރާއްޖޭގެ އިތުރުން، އަނެއް ހަތަރު ގޮނޑިއަށް ކުރިމަތިލި، ބަންގްލަދޭޝް އާއި ލުބުނާނާއި ސައޫދީ އަރަބިއްޔާ އާއި ޓިމޯ-ލެސްޓް ވަނީ މިރޭ ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިންތިހާބު ކޮށްފަ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ނައިބު ރައީސުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ ސެޝަންގެ ރައީސެއް ނެތް ހާލަތެއްގައި، ނުވަތަ ރައީސަށް ސެޝަންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިނުގެންނެވޭ ހާލަތެއްގައި ވަގުތީ ރައީސްގެ ހައިސިއްޔަތުން ރައީސްގެ ޒިންމާތައް އަދާކުރުމެވެ.
މީގެ އިތުރުން އދ. ގައި ހިންގާ މުހިންމު އަދި ބޮޑެތި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ މަސައްކަތާއި ސަފީރުންނާއި ތަޖުރިބާކާރުންނާ އެކު ބާއްވާ އދ. ގެ ނުރަސްމީ ޕްލެނަރީ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.




1 Comment
ގުޅުންހުރި
މީހުން ދިރިއުޅޭ ޓައުންޝިޕްތައް އެސްއީޒެޑްގައި ހިމެނޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އާޒިމް ކެމްޕެއިން ފައްޓަވައިފި
2026ގެ ބަޖެޓު: މިނިސްޓަރުންގެ ހެލްތް އިންޝުއަރެންސަށް ޖެހި އަދަދު ދެގުނަ ބޮޑުކޮށް,
ފުވައްމުލަކު 400 ފްލެޓް މަޝްރޫއު: ނިންމައި ތަޅުދަނޑި ހަވާލުކުރަން އޮތް ދުވަހު
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ