ހުޅުމާލޭގައި ޕާކްކޮށްފައިހުރި ވެހިކަލްތަކަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވައި، ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / އޯކިޑްމާގެ، އަބްދުއްރަހުމާން ހަސައިން (33އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ޕޮލްކޯ ފްލެޓްތައް ކައިރި ޕާކިން ޒޯން ކައިރީގައި ހުއްޓައި އެވަގުތު ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ފެނުމާއެކު އެއްޗެއް ފޮރުވަން މަސައްކަތްކޮށް، ސައިކަލަށް އަރައިގެން ދާން މަސައްކަތްކުރާކަން ފާހަގަކުރެވިގެން އެނާ ހުއްޓުވައި، ބެލިބެލުމުން އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ގިނަ ވެހިކަލްތަކެއް ހުޅުވާފައިވާކަން ފާހަގަކުރެވުމާ ގުޅިގެން ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ބައެއް ތަކެތި ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން އެސަރަހައްދު ބެލިބެލުމުން އޭނާ ވަނީ އެސަރަހައްދުގައި ޕާކްކޮށްފައިވާ ނުވަ ކާރަކާއި ޕިކަޕެއް ހުޅުވައި، އެ ވެހިކަލްތަކުން ބައެއް ތަކެތި ވަގަށް ނަގާފައި ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން ފުލުހުން އޭނާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް އެއްލާލުމާ ގުޅިގެން އޭނާގެ ހާޒިރުގައި އެ ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި ހައްޔަރުކޮށްފައިވާ މީހާ އާއި އޭނާ އަރައިގެންދާން މަސައްކަތްކުރި ސައިކަލް ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކާރު އަދި ސައިކަލް ތަޅުދަނޑިތަކާއި ފައިސާ އާއި ފޯންތަކަކާއި ޗާޖިން ކޭބަލް ފަދަ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ.




ގުޅުންހުރި
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ރައީސް، ފުވައްމުލަކާއި އައްޑޫއަށް ފުރާވަޑައިގެންފި
2026ގެ ބަޖެޓު: އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން, މި އަހަރަށްވުރެ 683
ލަންކާއަށް އެތެރެކުރުމަށް މަސްބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖެއަކުން ނޫން: ފުލުހުން
އައްޑޫ ކައުންސިލް އަލުން ކަނޑައަޅުއްވައި މީދޫ އަދި ހުޅުދޫ ކައުންސިލް ރައީސް