ދާ ޖަހައިގެން މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެެވެ.
ގެއްލިގެން ހޯދަމުންދަނީ އަބްދުއްސަމަދު މުހައްމަދު (ސަމަދު) ތުނޑީ ފެސްފަރި ލ. ގަން އެވެ.
ގަން ކައުންސިލުން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ސަމަދު ދާ ޖަހައިގެން މަސް ހިފަން ދިޔައީ ބަޔަކާއެކު މަހަކަންފުށި ކައިރިއަށް ކަމަށެވެ.
ސަމަދު ހޯދުމުގެ މަސައްކަތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފުން އަދި މީޑިއާތަކައް މައުލޫމާތު ހިއްސާއެއް ނުކުރެ އެވެ.



