އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ތަހުގީގު ކުރަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު 6:00 ހާއިރު އައްޑޫ ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވެފައިވާ މައްސަލައެއް މިއަދު ހެނދުނު 8:28 ހާއިރު އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންކަން ފިޔަވައި އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.



