އޮކްޓޯބަރ 16, 2025

ޖުލައި މަހު ފަށާނެ ކަމަށް ބުނި ޓެކްސީ ލައިންގެ ހިދުމަތް ފެށޭނީ އޮގަސްޓް ފަހުކޮޅު

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ އޮގަސްޓު މަހުގެ ފަހުކޮޅުގެ ކުރިން ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން އެމްޓީސީސީއާ ހަވާލުކުރީ 15 ފެބްރުއަރީ 2025 ގައެވެ. ޓެކްސީ ލައިންގެ ހިދުމަތް ފެށޭނެ ކަމަށް އަމީން ފުރަތަމަ ވިދާޅުވީ، އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގަ އެވެ

ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ޓެކްސީ ލައިންގެ ހިދުމަތް ފަށާއިރު، އެކި ސައިޒުތަކުގެ ކާރު ހިމެނޭނެ ކަމަށާއި އޭގެ ތެރޭގައި މާލޭގެ ކުދިކުދި މަގުތަކަށް ވަދެވޭ ސައިޒުގެ ކާރުތައް ވެސް ހިމެނޭނެ ކަމަށެވެ.

އެ ކާރުތަކުގެ ޕްރޮޑަކްޝަން މަސައްކަތް މި މަހުގެ ދިހަ ވަނަ ދުވަހު ފެށޭނެ ކަމަށާއި މިހާރުގެ އަންދާޒާއަކީ، އަންނަ އޮގަސްޓު މަހުގެ ފަހުކޮޅުގައި އެ ހިދުމަތް ފެށުން ކަމަށް ވިދާޅުވި އެވެ.

”ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިއީ އަޅުގަނޑުމެން ސްޓޯރަކަށް ވަދެފައި ޝެލްފަކުން ގަންނަން ލިބޭ ކަހަލަ އެއްޗިއްސެއް ނޫން. އަޅުގަނޑުމެން ބޭނުންވާ ސައިޒުގެ ޓެކްސީ އަދި ބޭނުންވާ ހުރިހާ އިކުއިޕްމަންޓުތައް ހަރުކޮށްގެން ގެންނައިރު، ބައެއް ބަދަލުތައް ވެސް އަންނާނެ، މިހާރުގެ ޓައިމްލައިން ދައްކާ ގޮތުން އޮގަސްޓު ފަހުކޮޅަށް ވުރެ ލަހެއް ނުވާނެ ޓެކްސީ ލައިން ފެށުމެއް“ މިނިސްޓަރު ވިދާޅުވިއެވެ.

2 Comments

  • Thiham Mohamed ޖޫން 9, 2025

    Is ur criminal case over without us knowing and ur back on position like nothing ever happened what a joke world we are living in.

  • Fathimath Binth Ibrahim ޖޫން 9, 2025

    Inbilees kaiveni kurevey dhuvahu thikan fashan ulhey

Leave a Reply