ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި ޝައިހް އިބްރާހިމް ފަރީދު އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަކީ ނިމުމެއް އަންނާނެ ހަނދާންތަކެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އެންމެ މަގުބޫލު އެއް ދީނީ އިލްމުވެރިޔާ ޝައިހް ފަރީދު ވަނީ މެލޭޝިއާ އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް މިއަދު އަވަހާރަވެފަ އެވެ.
އެކަމާއި ގުޅިގެން ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝައިހް ފަރީދު އަވަހާރަވި ހަބަރު އަޑު އެހީ ފުން ހިތާމަ އާއެކުގައި ކަމަށެވެ.
”އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ އިލްމު ވެރިޔާ މަރްހޫމް ފަޟީލަތުއްޝައިހް އިބްރާހީމް ފަރީދަކީ ހުލްގު ހެޔޮ، އަޅުވެރިއެކެވެ. ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތެވެ.،“ ރައީސް ވިދާޅުވެފައިވެ އެވެ.
އެ މަނިކުފާނުގެ މެސެޖުގައި ޝައިހް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިހުސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ސަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވުމަށާއި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލަހައްޓަވައި އާއިލާ އަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ދުއާ ކުރައްވާފައިވެ އެވެ.

1 Comment
ގުޅުންހުރި
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކު ގެއްލިއްޖެ
72 ކިލޯގެ ޑުރަގް: ދައުލަތުން ފީ ނުދެއްކި ކަމަށް ބުނެ، އިރުފާންގެ
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: މިފްކޯ އިން މުއާޒު ސަސްޕެންޑްކޮށްފި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯ އިން ބާޒާރަށް
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އާއްޓޭގެ ބަންދަށް 15، ދިގަލީގެ ބަންދަށް
އެމްއޭސީއެލް އިންވެސް ރަސްމާލެ ހިއްކަން ފަށަނީ, މިއީ އެތަން ހިއްކަން ހަވާލުވާ