އިޒްރޭލަށް ޖާސޫސު ކޮށްދިން ކަމަށް ސާބިތުވި މީހަކަށް އީރާނުން މަރުގެ އަދަބު ދީފި އެވެ.
ޓައިމްސް އޮފް އިޒްރޭލާއި އަލް ޖަޒީރާގައި ބުނެފައިވާ ގޮތުން އީރާނުން މަރުގެ އަދަބު ދީފައިވަނީ އިޒްރޭލުގެ އިންޓެލިޖެންސް އެޖެންސީ، މޮސާދް އަށް ޖާސޫސު ކޮށްދިން މީހެކެވެ.
އޭނާގެ ނަމަކީ އެސްމާއިލް ފިކްރީ އެވެ. އުމުރެއް ނުބުނެ އެވެ.
މިއީ އިޒްރޭލަށް ޖާސޫސު ކޮށްދިން ކަމުގެ ތުހުމަތުގައި އީރާނުން މަރުގެ އަދަބު ދިން ތިންވަނަ މީހާ އެވެ.



