އެމެރިކާއިން، އިރާނުގެ ނިއުކިލިއާ ސައިޓުތަކަށް ހަމަލާދިން ނަމަވެސް އެ ހަމަލާތަކުގެ ސަބަބުން އެހާބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް އިރާންއިން ބުނެފި އެވެ.
އެމެރިކާއިން ވަނީ އީރާންގެ ފޯޑޯ، ނަތަންޒް އަދި އިސްފަހަނާގައި ހުރި ނިއުކްލިއާ ފެސިލިޓީތަކަށް ބޮން އަޅައިފަ އެވެ. އެކަން ހާމަކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެ ތަންތަނަށް ދިން ހަމަލާ ކާމިޔާބު ކަމަށާއި އެމެރިކާގެ އެއްވެސް މަތިންދާ ބޯޓަކަށް ގެއްލުމެއް ނުވާ ކަމަށެވެ.
ނަމަވެސް އިރާންގެ ދިފާއީ ބާރުން އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެމެރިކާއިން ހަމަލާދިން ފޯޑުގައި ހުރި ނިއުކިލިއާ ސައިޓަކީ އެތަކެއް މަސްތަކެއް ކުރިން ބަންދުކޮށް، މީހުން ހުސްކޮށްފައިވާ ތަނެއް ކަމަށެވެ.
އެމެރިކާގެ ހަމަލާގެ ސަބަބުން ބާކީ ހުރި ދެ ނިއުކިލިއާ ސައިޓަށް ވެސް އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް އިރާންގެ އަސްކަރިއްޔާއިން ބުންޏެވެ.
އިރާންގެ ސަރުކާރުން ބުނީ އެމެރިކާއިން އެ ގައުމަށް ބޮން އެޅުމުގެ ބަދަލު ހިފާނެ ކަމަށެވެ. އެގޮތުން މެދުއިރުމަތީގައި ހުންނަ ”އެމެރިކާގެ އިންޓްރެސްޓް“ ތަކަށް ހަމަލާދޭނެ ކަމަށް އިރާނުން ބުންޏެވެ.




1 Comment
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި