ބިދޭސީންނަށް މިނިމަން ވޭޖް ދިނުމާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ލޭބާ މިނިސްޓަރު އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަނާއެކު މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި އެ ރިވިއުގެ ނަތީޖާއަށް ބެލުމަށްފަހު ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައެޅުމާމެދު ސަރުކާރުން ގޮތެއް ނިންމާނެ ކަމަށެވެ.
”ދެ ފިޔަވައްސެއްގެ ދަށުން މިނިމަމް ވޭޖް ރިވިއު ކުރުމަށް އެބޭފުޅުން ވަނީ ހުށަހަޅުއްވައިފަ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އެބޭފުޅުން ބައްލަވާނީ ’ދަ ރިވިއު އޮފް އިމްޕްލިމެންޓޭޝަން އޮފް މިނިމަމް ވޭޖާސް އިން ދަ މޯލްޑިވްސް‘. މި މަސައްކަތަށް ބޭނުންވާ ޕްރައިމަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ. އަދި ތިރީގައި މި ދަންނަވާ ސެކަންޑަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން،“ ހައިދަރު
”އަޅުގަނޑުމެންގެ ދިރާސާގެ އަލީގައި އަޅުގަނޑުމެން އެކަމަށް ގޮތެއް ނިންމާނަން،“ވިދާޅުވި އެވެ.
މިނިމަމް ވޭޖަކީ ކޮންމެ ދެ އަހަރަކުން ރިވިއު ކުރަންޖެހޭ އެއްޗެކެވެ.
ދިވެހި މަސައްކަތްތެރިންނަށް މިނިމަމް ވޭޖެއް ތައާރަފު ކުރީ ނޮވެމްބަރު، 2021، ގަ އެވެ

1 Comment
ގުޅުންހުރި
ގަތަރު އަދި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާ
ރައީސް ނަޝީދު އަލުން އެމްޑީޕީއަށް، ”އެނބުރި ގެއަށް އާދެވުމުންވާ އުފާ ވެއްޖެ“
އެމްޑީޕީން ކައުންސިލް އިންތިހާބު ހޯދާނީ ބޮޑުކޮށް، ރައީސް މުއިއްޒަށް ލިބޭނީ 20
ޔުމްނު ވެއްޓުން: ފަރުވާ ކުޑަކުރި ފުލުހުންނާމެދު އިސްލާހީ ފިޔަވަޅު އަޅަން ރައީސް
ކެރިއަރުން ކައިވެނިކުރުމުގެ ކުރިން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭ ގޮތް ހަދަނީ
މަންޑޭ ޝަރީއަތް ނިމެންދެން ބަންދުކޮށްފި