ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ އަންނަ މަހުގެ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑިސަނަޔަކެ ރާއްޖެ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިއަންނަ ޖުލައި މަހުގެ ފަހުކޮޅުގަ އެވެ.
ޑިސަނަޔެޖެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
މިއީ ޑިސަނަޔަކެ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ މިދިޔަ އަހަރު ރައީސްކަމަށް ވަޑައިގެންނެވުމަށް ފަހު، ޑިސަނަޔަކެ ބޭރު ގައުމަކަށް ކުރައްވާ ހަ ވަނަ ފުރަމާނަ ދަތުރުފުޅެވެ.




ގުޅުންހުރި
ހެޔޮއެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވައިދެނީ
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ