ޖޫން 27, 2025

ބޮޑެތި ބަލިތައް ހުންނަ ފަގީރުންނަށް އިންޝުއަރެންސް ހަމަޖައްސައިދެނީ

ބޮޑެތި ބަލިތަކުގެ ފަގީރުންނަށް ޒަކާތު ފަންޑުން އިންޝުއަރެންސް ހަމަޖައްސައިދޭން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވި

އިންޝުއަރެންސް ތައާރަފްކުރަން ނިންމާފައި ވަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް ކަމަށެވެ.

ޝަހީމް ވިދާޅުވީ އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާގރ އިތުރުން ބޭރުން ގެންނަން ޖެހޭ ބޭސް ގެނައުމަށް ވެސް އިންޝުއަރެންސް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

.”މާތްﷲގެ ހެޔޮ ރަހުމަތްފުޅުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމްކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. މިދިޔަ އަހަރަކީ މުދަލު ޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ،“ ޝަހީމް ވިދާޅުވި އެވެ.

އެ އިންޝުއަރެންސްގެ ކަންތައް ކުރިއަށް ގެންދާނީ އެލައިޑް އިންޝުއަރެންސާ ގުޅިގެން ކަމަށް ޝަހީމް ވިދާޅުވި އެވެ.

4 Comments

  • Fathimath Abdul Kareem ޖޫން 26, 2025

    Kureega Ves ekan kurevvi kan alhu gandu dhena hurin

    • Farishath Fathimath ޖޫން 26, 2025

      Fathimath Abdul Kareem hageegathuga ves.

  • Shu Shu ޖޫން 26, 2025

    Alhamdhulillaah

  • Farishath Fathimath ޖޫން 26, 2025

    Aneth scam

Leave a Reply