ސްރީލަންކާ އިން އަންނަ މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރާނެ ކަމަށް ފޮރިން މިނިސްޓަރު ވިޖިތު ހެރަތު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނީ ދިވެހިންނަށް މިހާތަނަށް ދޫކޮށްފައިވަނީ ކުރު މުއްދަތުގެ ވިސާ ކަމަށެވެ. ނަމަވެސް، އަންނަ ހުކުރު ދުވަހުން ފެށިގެން ދިގު މުއްދަތަށް ވިސާ ދޫކުރަން ފަށާނެ ކަމަށާއި އޭރުން އެއް އަހަރު ވަންދެން ދިވެހިންނަށް ލަންކާގައި ދިރިއުޅެވޭނެ ކަމަށް އެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
ލަންކާއިން ދިވެހިންނަށް ދޭ ވިސާގެ މުއްދަތު އިތުރުކުރަން ނިންމިއިރު، އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އަންނަ ހޯމަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން ވަނީ ނިންމަވައިފަ އެވެ. އެ ދަތުރުފުޅުގެ ތެރެއިން، ވިސާގެ މި ބަދަލުތައް އިއުލާންކުރާނެ ކަމަށް ބެލެވެ އެވެ.
ދިވެހިންނަށް މިހާރު ވެސް ލަންކާއިން އޮންއެރައިވަލް 30 ދުވަހުގެ ވިސާއެއް ލިބެ އެވެ. ނަމަވެސް، ފީއަކާއެކު އޮންލައިންކޮށް، އެ މުއްދަތުގެ ހަ މަސް ދުވަހަށް އިތުރުކުރެވެ އެވެ.
ވިޖިތު ވިދާޅުވީ ގިނަ ދިވެހިން ބޭސްފަރުވާއަށް މީގެ ކުރިން ލަންކާއަށް ދަތުރުކުރި ކަމަށެވެ. ނަމަވެސް، ހަރުކަށި ގަވައިދުތަކުގެ ސަބަބުން އެކަން ހުއްޓުނީ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް، އެ ނޫސްތަކުގައިވެ އެވެ.
”އެ ނިންމުން ބަދަލުކޮށް ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޭން ވަނީ ނިންމާފައި.“ އޭނާ ވިދާޅުވި އެވެ.




1 Comment
ގުޅުންހުރި
ފަހި ފްލެޓުތަކުގެ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި
ހަންގަނޑު އުޖާލާކޮށްދިނުމުގެ އިތުރުން އަލަނާސިން އަންހެނުންނަށް ވަކި ފައިދާއެއް ލިބޭތަ.؟
މަރުވެފައި އޮއްވައި ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ވެއްޓުނު ކަނޑަށް ވެއްޓުނު
ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ވާޖިބު، ދީނުގައި ގެއްލުންދިނުމެއް ނެތް: ހުތުބާ
ފަހި ފުލެޓުތަކުގެ މަހު ކުއްޔާއި ޑިޕޮސިޓަށް ގެނައި ބަދަލުތައް އާންމުކޮށްފި
ރައީސް އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ