މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބ.ކެންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު މިއަދު ރައީސް މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވައިފި އެވެ.
ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމު އިފުތިތާހު ކޮށްދެއްވީ އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވެރިވެފައިވެ އެވެ.
ކެންދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 15 ނޮވެމްބަރު 2025 ގައި ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއު އެކެވެ. އެ މަޝްރޫއުގެ ޖުމުލަ އަގަކީ 56.61 މިލިއަން ދިވެހި ރުފިޔާ އެވެ.
މި މަޝްރޫއުގެ ދަށުން، ކެންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އާއި ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން ވަނީ އަޅައިފަ އެވެ. މީގެ އިތުރުން، ފެންރައްކާ ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަމްޕިން ސްޓޭޝަންތައް ވަނީ ގާއިމުކޮށްފަ އެވެ.
އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅާފައިވާއިރު ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ވަނީ ފޯރުކޮށްދީފަ އެވެ.




2 Comments
ގުޅުންހުރި
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ހަދަން އާރަށަށްވުރެ ބޮޑު ބިމެއް!
ކޮންމެ ރަށަކުންވެސް މަޝްރޫއުތައް ނިމޭތަނާއި އާ މަޝްރޫއުތައް ފެށޭތަން މިހާރު ފެންނާނެ:
ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި, މިހާރު އެއީ ދެގުނަ ބޮޑު
ހުޅުމާލެ 3 ހިއްކަން ހަވާލުވާން އެމްއޭސީއެލް އިން އަނެއްކާވެސް އާ ކުންފުންޏެއް!
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ދަނީ
މަޝްރޫއުތައް ހަވާލުކުރީ ޖުމްލަ 2.71 ބިލިއަން ރުފިޔާއަށް، ބޯހިޔާވަހިކަމަށް ބިލިއަނެއް