ލ. ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ މަރުވެއްޖެ އެވެ.
މިރޭ 7:30 ހާއިރު ކައްދޫ އެއާޕޯޓު ކައިރިން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ޖުމްލަ ހަތަރު މީހަކަށް އަނިޔާވި އެވެ.
އެ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ތެރޭގައި މަގު ހުރަސް ކުރަން އުޅުނު އުމުރުން ދުވަސްވީ އަންހެންމީހާ އާއި އޭނާގެ މާމަ ދަރިފުޅުގެ އިތުރުން ސައިކަލު ދުއްވަން އިން ފިރިހެން މީހާ އާއި އެ ސައިކަލު ފަހަތުގައި އިން އަންހެން މީހާ ހިމެނެ އެވެ.
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށް، ލ. މާވަށު، މަރިޔަމް މޫސާ މީގެ ކުޑައިރުކޮޅެއް ކުރިން މަރުވެފައިވާ ކަމަށް މާވަށު ކައުންސިލުން ބުންޏެވެ.
މަރިޔަމް މޫސާ އަކީ އެކްސިޑެންޓުގައި އަނިޔާވި އުމުރުން 65 އަހަރުގެ އަންހެން މީހާ އެވެ.
އެކްސިޑެންޓުގައި އަނިޔާވި ބާކީ ތިން މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ނަމަވެސް އެ މީހުންގެ އުމުރާއި ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި މިވަގުތު ލިބިފައެއް ނުވެ އެވެ.




6 Comments
ގުޅުންހުރި
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!