އެމެރިކާ އިން ކިތަންމެ ބޭނުންވި ނަމަވެސް އީރާނުން އެމެރިކާއަށް ކިޔަމަންތެރި ނުކުރެވޭނެ ކަމަށް އީރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ ހަމާނާއީ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ވެރިރަށް ތެހެރާންގެ ދީނީ ހަރަކާތެއްގައި ވާހަކަދައްކަވަމުން އާޔަތުالله ވިދާޅުވީ އެމެރިކާ އިން އިސްލާމީ އުންމަތް އެ މީހުންގެ ބާރުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރާ ކަމަށެވެ.
”އެމެރިކާ އިން ބޭނުންވަނީ އީރާނުން އެ މީހުންނަށް ކިޔަމަންތެރިވާން. އެފަދަ ހުރިހާ ގޯސް އުއްމީދުތަކަށް އީރާނުގެ ހުރިހާ ބާރަކާއެކު ތެދުވާނަން،“ އާޔަތުالله ވިދާޅުވި އެވެ.
އާޔަތުالله މިހެން ވިދާޅުވި އިރު، އީރާނުން ވަނީ އެމެރިކާ އާއެކު ނިއުކްލިއާ މަޝްވަރާތައް ހުއްޓާލައިފަ އެވެ. އެ މަޝްވަރާތައް ހުއްޓާލީ މިދިޔަ ޖޫން މަހު އީރާނާއި އިޒްރޭލާ ދެމެދު ކުރިއަށް ގެންދިޔަ 12 ދުވަހުގެ ހަނގުރާމައިގައި އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް އެމެރިކާ އާއި އިޒްރޭލުން ބޮން އެޅުމުންނެވެ.
އާޔަތުالله ވިދާޅުވީ، އެ ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ އެޖެންޓުން ޔޫރަޕަށް ގޮސް ހަނގުރާމަ ނިމުމަށްފަހު އީރާނުގައި ވެރިކަން ކުރާނީ ކޮން ގައުމަކުންތޯ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި
ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން މަރުވެފައި އޮތް މީހަކު
ވަގަކަށް ވަގެކޭ ގޮވޭނެ؛ ޖެހޭނީ ހަޖަމް ކުރަން، ޔާމީން
ހދ. އަތޮޅު ޓޫރިޒަމް ފައްކާ އަތޮޅަކަށް ހެދުމުގެ މަސައްކަތް ފަށައިފިން: ރައީސް
ކުޑަ ކުއްޖަކަށް ވަޅިއެއް ވިއްކައިފި ނަމަ އެއްލައްކަ ރުފިޔާއަށް ޖޫރިމަނާ ކުރަނީ
35 ލައްކަ ރުޕީސްގެ ހަދިޔާ ނުދީގެން އަނބިމީހާގެ ގައިގާ ރޯކޮށްލައި، މަރާލައިފި
ބިދޭސީ މަސައްކަތްތެރިން މިދިޔަ އަހަރު 143 މިލިއަން ޑޮލަރަށް ވުރެ ގިނަ