އިންޑިއާގެ ނޮއިދާގައި ހަދިޔާގެ ގޮތުގައި 35 ލައްކަ ރުޕީސް ނުދިނުމުން އަނބިމީހާގެ ގައިގައި އަލިފާން ރޯކޮށްލައި މަރާލައިފި އެވެ.
އެ ހާދިސާގައި މަރުވެފައިވަނީ ނިކީ ނަމަކަށް ކިޔާ 28 އަހަރުގެ އަންހެނެކެވެ. އެ ހާދިސާއަށްފަހު އެ އަންހެން މީހާގެ ފިރިމީހާ އިންސްޓަގުރާމުގައި ކުރި ޕޯސްޓެއްގައި ބުނީ، އަނބިމީހާ މަރުވީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އޭގެ ގަޑިއިރެއް ފަހުން އޭނާ ހައްޔަރުކޮށް ވަނީ ޖަލަށް ލައިފަ އެވެ.
ނިކީގެ ގަޔަށް ޕެޓްރޯލް އަޅައި ރޯކޮށްލާ ވީޑިއޯއެއް ފެންމަތިވެފައިވާއިރު، އެ ހާދިސާގައި ފިރިހެން މީހާގެ ބޭބެގެ އަތެއްވާ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެ އެވެ. އަދި ފިރިހެން މީހާގެ ބޭބެ ހޯދަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.




1 Comment
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި