ރަނގަޅު ހެޔޮލަފާ ދަރިންތަކެއް ތަރުބިއްޔަތު ކުރެވޭނީ ގޭތެރެއިން ދީނާ ދުރު ފިކުރުތައް ނައްތާލައިގެން ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާގައި މާތް اللّٰه ދެއްވައިފައިވާ ނިޢުމަތްތައް ގިނަގުނަ ކަމަށާއި އެ ނިޢުމަތްތަކުގެ އަގު ވަޒަން ނުކުރެވުނު ކަމުގައިވިޔަސް އެ ނިޢުމަތްތައް ދަނީ އިތުރުވަމުން ކަމަށެވެ. ހުތުބާގައި ބުނ ީއެ ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ނިޢުމަތަކީ ކައިވެނީގެ ނިއުމަތް ކަމަށެވެ.
ހުތުބާގައި ބުނީ މި ބޮޑު ނިޢުމަތުގެ ފޮނި މޭވާއަކީ ޒަވާޖީ ހަޔާތުގެ ގުޅުމުން ވުޖޫދުވާ އާއިލާއް ކަމަށެވެ.
”ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ، ދީނާ ދުރު ފިކުރުތަކާއި އަމަލުތައް ގޭތެރޭގެ މާހައުލުން ނައްތައިލެވިގެންނެވެ. އޭގެތެރޭގައި ދީނުގައި އަންގަވައިފައިވާ މެދުމިނާ ދުރު ފިކުރުތަކާއި، ދީނަށް އަމަލު ނުކުރުމާއި، ދީނީ ޝިއާރުތަކަށް މަލާމާތްކޮށް ހަޖޫޖެހުމާއި، ދީނުގެ މައްޗަށް އީރަތްތެރިކަން ނެތުން ފަދަ ކަންކަން ހިމެނެއެވެ. މި ކަންކަން އާއިލާގެ ތެރެއިން ނައްތައިލައި، އިސްލާމް ދީނަކީ އަދުލުވެރި ދީންކަމާއި، މި ދީނަކީ ދިރިއުޅުމުގެ ސީދާ މަގުކަން ދަރީންނަށް ވިސްނައިދީ ނަފުސުތަކުގައި މި ކަންކަން ހަރުލައްވާންވާނެއެވެ.“ ހުތުބާގައި ބުންޏެވެ.
ރަނގަޅު އާއިލާއެއް ބިނާކުރެވޭނީ ދަރީން ފުރާވަރަށް އެރުމުން ހުރިހައި ކަމެއް ހުއްދަވީކަމަށް ހީކުރާ ހީކުރުންތައް ދޫކޮށްލައިގެން ކަމަށް ހުތުބާގައި ބުންޏެވެ.
އުޅޭނެހައި ގޮތަކަށް އުޅޭން ދަރީން ދޫކޮށް ނުލައި، އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވައިފައިވާ އިމުން ބޭރުނުވެ، ހަޔާތުގެ ބައިވެރިޔާ އިހުތިޔާރުކުރުމަށް ދަރީންނަށް އިރުޝާދުދީގެންނެވެ. ރަނގަޅު އާއިލާއެއް ބިނާކުރެވޭނީ އިސްލާމީ އުސޫލުތަކުގެ މަތީގައި އާއިލާގެ އެންމެހައި މެމްބަރުންގެ އަމަލުތައް ބަހައްޓައިގެންނެވެ.“ ހުތުބާގައި ބުންޏެވެ.




1 Comment
ގުޅުންހުރި
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
މިއީ މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރޯދައަށް ތައްޔާރުވާންވީ މަސް: ހުތުބާ
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ: