އިންޑިއާ މީހެއްގެ ފުއްޕާމޭގައި ތާށިވެފައި އިން ގަލަމުގެ ދޯރިއެއް 26 އަހަރު ފަހުން ނަގައިފި އެވެ.
އުމުރުން 33 އަހަރުގެ އެ ޕޭޝަންޓުގެ ފުއްޕާމެއިން ނެގި އެ ދޯރިއަކީ އޭނާގެ އުމުރުން ހަތް އަހަރުގައި ކުޅެން އުޅުމުގެ ތެރޭގައި އޮޅިގެން ދިރުވާލެވުނު އެއްޗެކެވެ. އެކަމުގެ ސަބަބުން އޭނާއަށް ސިއްހީ އެއްވެސް ބޮޑު މައްސަލައެއް އޭރު ދިމާނުވި ނަމަވެސް ފަހަކަށް އައިސް ވަރަށް ގަދައަށް ކެއްސައި، އަނގައިން ލޭ އަންނަން ފެށި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އޭނާގެ ފުއްޕާމޭގައި ގަލަމުގެ ދޯރިއެއް ތާށިވެފައި އިންކަން އެނގުނީ ޑޮކްޓަރުން އޭނާގެ އެކްސްރޭއެއް ނެގުމުންނެވެ. އަދި އެކަމުގެ ނުރައްކާ ބޮޑުކަމުން ވަގުތުން ސާޖަރީއެއް ހެދި ކަމަށްވެސް ނޫސްތަކުގައި ބުނެފައިވެ އެވެ.
”ފުއްޕާމޭގައި ފޮރިން އޮބްޖެކްޓެއް ތާށިވެފައި އެހާ ގިނަ ދުވަސްވުމާއި އެކަމުގެ ސަބަބުން ސިއްހީ އެއްވެސް ބޮޑުކަމެއް ނުވެ ދިއުމަކީ ވަރަށްވެސް ނުވާ ކަމެއް،“ ގަލަމުގެ ދޯރި ނަގަން އޮޕަރޭޝަން ކުރި ސާ ގަންގާ ރާމް ހޮސްޕިޓަލުގެ ޑރ. ރޮމާން ދުއްތާ ވިދާޅުވި އެވެ.
ޑޮކްޓަރުން ބުނެފައިވާ ގޮތުގައި މިހާރު އެ ފިރިހެން މީހާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި އޭނާގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.




ގުޅުންހުރި
”ސިލޯނާއެކު ދިވެހިން“: 29 ގަޑިއިރު ތެރޭ 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ!
މިނަށްވުރެ ބަރުދަން މަތި މީހުންގެ ބަރުދަން ދަށްކުރަން ހަދާ ސާޖަރީގެ ހިދުމަތް
އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް ރާއްޖެއަށް
އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް އިހުސާންގެ އިހުސާންތެރިކަން
ހައްޔަރުނުކޮށް ދޫކޮށްލި ސަނީ އުމަރު ހައްޔަރުކޮށްފި، ހައްޔަރުކުރީ ފުރައިގެންދާން އުޅެނިކޮށް އެއާޕޯޓުން!
އެސްޓީއޯއިން ބާޒާރުމައްޗަށް ހާއްސަ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި