ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނޫސްވެރިންނާ ބައްދަލުކުރަން ތައްޔާރުވަމުން ދަނިކޮށް ނޫސްވެރިންނަކީ ”ސީން ކްރިއޭޓުކުރަން އުޅޭ ބައެއް“ ކަމަށް ބުނެ އެ ކޮމިޓީގެ އިދާރީ މުވައްޒަފުންތަކެއް ވާހަކަ ދައްކާ އަޑު އޮޅިގެން މަޖިލީހުގެ ރަސްމީ ޔޫޓިއުބް ޗެނަލްއިން ލައިވް ކުރެވިއްޖެއެވެ.
މި ވާހަކަތަކަކީ ނޫސްވެރިންނާ ދެކޮޅަށް ދެކެވުނު ވާހަކަތަކެކެވެ.
މި ވާހަކަތައް މި ގޮތަށް ދެއްކީ ކޮން މުވައްޒަފެއް ކަމެއް ސާފެއް ނޫނެވެ. އޯޑިއޯއިން އިވޭ ގޮތުގައި މި ވާހަކަ ދެއްކި މީހާ ސީން ކްރިއޭޓު ކުރުމުގެ ތުހުމަތު ކުރީ މީޑިއާ ބިލުގެ ބަހުސް ކުރިއަށް ދިޔަ ވަގުތު މަޖިލީހުގެ ގެލަރީއަށް ވަން ނޫސްވެރިންނަށެވެ.
”އެހެންވެގެން ދެންމެ ވާސްޓް ސިނާރިއޯ މި ވިސްނަނީ މިއަދު އިނގޭ. އެ މީހުން ބޭނުން ވަނީ ސީން ކްރިއޭޓު ކުރަން. ކުރިން ދުވަހު ގެލަރީއަށް ވަދެފައި ވެސް، މީޑިއާއިން ގެލަރީއަށް ވަނެއްނު މީޑިއާ ބިލު. އަމީން އަނެއްކާ މީތި ސްޓްރީމް ވޭތަ އެބަ ވާހަކަ ދައްކާ އިރުގައި،“
މި ލައިވްސްޓްރީމް ވަނީ މަޖިލީހުގެ ޔޫޓިއުބް ޗެނަލްތަކުން ޑިލީޓުކޮށްފަ އެވެ.
މަޖިލީހުގެ ކޮމިޓީގައި މި ގޮތަށް މުވައްޒަފުން ވާހަކަ ދެއްކިއިރު، މަޖިލީހުގެ ގެލަރީއަށް އެ ދުވަހު ވަން ނޫސްވެރިން އެ ތަނުގައި ތިބެ ކުރީ ހިމޭނެ އިހުތިޖާޖެކެވެ.

ގުޅުންހުރި
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި
މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ 41500 ރުފިޔާއާއެކު 2 މީހުން ހައްޔަރުކޮށްފި
މީޑިއާ މިނިވަންކަން ހަނިކުރާ ބިލަކީ ރިޔާސީ ދައުރު ދަންމާލުމުގެ ފުރަތަމަ ފިޔަވަޅު:
ލޯނު ދެއްކުމަށް ކަނޑައެޅި ބަޖެޓު ހުސްވެ، އިތުރަށް ހަރަދުކޮށްފި
ފަލާހު، އިންނަމާދޫން 3 ގޯއްޗާއި ހުޅުމާލެ އިން ގޯއްޗެއް ބައްލަވައިގެންފި!
މީޑިއާ ބިލު ބޭރުކޮށްލަން ގޮވާލައި 40 މީޑިއާއެއްގެ 151 ނޫސްވެރިން ސޮއިކޮށް