ލ. އަތޮޅުން ފުުރައިގެން ހުވަދޫ އަތޮޅަށް ދަތުރުކުރި ބޯޓެއް ހަބަރެއް ނުވެގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ، ގެއްލިގެން ހޯދަމުން ދަނީ ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރި ”ކޮލަމާ“ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓު ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފުން ވަނީ އެ ބޯޓުގެ ހަބަރެއް ލިބިއްޖެ ނަމަ 191 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.
ނަމަވެސް އެ ބޯޓާ އެންމެ ފަހުން ގުޅުނީ ކޮންއިރަކު ކަމެއް އަދި އެ ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް އެމްއެންޑީއެފް އިން ނުބުނެ އެވެ.




3 Comments
ގުޅުންހުރި
ރޯވި ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ސަލާމަތްކޮށްފި
ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
މަރުވެފައި އޮއްވައި ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ވެއްޓުނު ކަނޑަށް ވެއްޓުނު
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެ އަނދަނީ