ސެޕްޓެމްބަރ 4, 2025

ކޮލަމާ ބޯޓު ތެރޭ މަރުވެފައި އޮއްވައި ފެނުނީ ކޮލަމާފުށި ސައީދުބެ

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ”ކޮލަމާ“ ބޯޓުގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު އެ ބޯޓުގެ ކެޕްޓަންގެ މައުލޫމާތު ފުލުހުން ހާމަކޮށްފި އެވެ.

”ކޮލަމާ“ ބޯޓު ގެއްލިގެން ހޯދަން ފެށީ ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރިފަހުން ހަބަރެއް ނުވެގެންނެވެ. އެ ބޯޓު ދަތުރު ކުރަމުންދިޔައީ ހުވަދު އަތޮޅަށެވެ. ބޯޓު ގެއްލުނުއިރު އޭގައި ތިބީ ކިތައް މީހުން ކަމެއް އެމްއެންޑީއެފް އަދި ފުލުހަކުން އަދިވެސް ނުބުނެ އެވެ.

އެ ބޯޓު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ގއ. ވިލިނގިލި ކައިރިން، އެކެފަރަ ސަރަހައްދުން ދަތުރުކުރި ގއ. ކޮލަމާފުށި ދޯންޏަކަށެވެ. ކެޕްޓަން އިންޖީނު ރޫމު ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އެ ދޯނީގައި ތިބި މީހުން ބޯޓަށް އަރައި ބެލުމުންނެވެ.

ފުލުހުން ބުނީ، މަރުވެފައި އޮއްވައި ފެނުނީ ކޮލަމާފުށި/ ދޮންވެލި، އާދަމް ސައީދު، 66އ. ކަމަށެވެ. ކޮލަމާފުށި މީހުން ސައީދުއަށް ކިޔަނީ ސައީދުބެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައީދުބެ މަރުވީ އިންޖީނު ދިޔަވާން ފެށުމުން, ދިޔަ ހިއްކަން އިންޖީން ރޫމަށް ފައިބައި އުޅެނިކޮށް ކަރަންޓު ސޯޓެއް ވެގެންނެވެ. އަދި އޭނާ ނަގައިގެން ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

3 Comments

  • Kaka DE Ammaty ސެޕްޓެމްބަރ 1, 2025

    Dhn e boat ga thibi ehen meehun kobaa

  • Nick Naayik ސެޕްޓެމްބަރ 2, 2025

    Aameen

  • Asiyath Hussain ސެޕްޓެމްބަރ 2, 2025

    Emiha maruvi iru eyga thibi Ehen meehun konthaaku baa v

Leave a Reply