ފުލުހުން ބަލަމުންދާ މައްސަލައެއްގައި މާލޭ ގެއެއް ބަލައިފާސްކޮށް ދެ މީހަކު މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ 41500 ރުފިޔާއާއެކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ.
މި ސެޕްޓެންބަރު މަހުގެ ދެވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާފަންނު ގެ އެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެތި (ވަގުތީ ބަރުދަން، 304.73 ގުރާމް) ފެނިފައިވާކަމަށާއި މީގެ އިތުރުން މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 41500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ވަނީ ދޫކޮށްލާފައެވެ. އަދި ސ. މަރަދޫ / ނަރުގިސްމާގެ، ޢަބްދުލްޣަނީ ޢަބްދުލްމަޖީދު (56އ) އާއި ސ. މަރަދޫ / ނަރުގިސްމާގެ، އަޙްނަފް އަޝްރަފް (27އ) 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ގުޅުންހުރި
70 ރަބަރު ޕެކެޓާއި 1.2 ގުރާމުގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
72 ކިލޯގެ ޑުރަގް: ދައުލަތުން ފީ ނުދެއްކި ކަމަށް ބުނެ، އިރުފާންގެ
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ
ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ ފޯނަކުން މައުލޫމާތު ލީކެއް ނުވާނެ ކަމަށް
ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އެކަން އެނގޭ ބަޔަކު ނެތް،
ޑުރަގު ވިއްކާ ކަމަށް ތުހުމަތުވާ ޒުވާނެއް ހައްޔަރަށް: އެޕާޓްމަންޓުން ތިން ލައްކަ