ޔަހޫދީ އިސްރާއީލުން ގަތަރަށް ހަމަލާ ދިނުމުގެ ކުރިން ވައިޓްހައުސްއިން އިންޒާރު ދިންކަމަށް ބުނާ ބުނުން ގަތަރުން ދޮގުކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވާ ގޮތުގައި ގަތަރުގެ ވެރިރަށް ދޯހާ ގައި ތިބި ހަމާސްއާ މުއާމަލާތްކުރާ މީހުންނަށް ހަމަލާ ދިނުމުގެ ކުރިން ގަތަރުގެ އޮފިޝަލުންނަށް އަންގާފައިވާ ކަމަށެވެ.
ޓްރަމްޕް މިހެން ބުނެފައި ވަނީ އަންގާރަ ދުވަހު އިސްރާއީލުން ގަތަރަށް ދިން ހަމަލާގެ ގަޑިއިރެއް ފަހުން، ވައިޓްހައުސްއިން ނެރުނު ބަޔާނެއްގައެވެ. ގަތަރަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަނިމުމަކަށް ގެނައުމަށް އަމާޒުކޮށްގެން އެމެރިކާއިން ތާއީދުކުރާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ލީޑް މީޑިއޭޓަރެވެ.
މި ހަމަލާގެ މައްސަލަ ބޮޑުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ވާހަކަ ދައްކާފަ އެވެ. އަދި މުޅި ދުނިޔެއިން ދަނީ އިސްރާއީލުން ގަތަރަށް ދިން ހަމަލާ ކުށްވެރިކުރަމުންނެވެ.
ހަމާސް އިން ބުނީ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެ ޖަމާއަތުން މަޝްވަރާތަކުގައި އުޅުއްވާ ޚަލީލް އަލް ހައްޔާގެ އެހީތެރިއަކާއި ފިރިހެން ދަރިއަކު ހިމެނޭ ކަމަށެވެ. އަދި ހަމަލާގައި ލީޑަރުން ސަލާމަތްވި ކަމަށްވެސް ވަނީ ބުނެފައެވެ. ގަތަރުން ބުނި ގޮތުގައި އެ ގައުމުގެ ސެކިއުރިޓީ އޮފިސަރަކު ވެސް ވަނީ މަރުވެފަ އެވެ.
މަރުވި މީހުންގެ ތެރޭގައި ދެން ހިމެނެނީ ބޮޑީގާޑުންގެ ތިން މީހަކު ކަމަށް ހަމާސް އިން ބުންޏެވެ.




ގުޅުންހުރި
އެއާޕޯޓަށް ވަންނަން ދިޔަ ބޭންކުގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި
ސްޓެލްކޯގެ ސްކިލްސް އެކަޑަމީގައި އެމްއެންޔޫގެ ކޯސްތައް ފަށަން ތައްޔާރުވެއްޖެ
ވެލާބިސް އަޅާހެން އެއާޕޯޓުތައް އެޅުން ރިޝްވަތަކަށް ނުވޭތޯ؟: ޔާމީން
ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ލަސްވާ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަނީ
ސްޓެލްކޯއަށް ޚިދްމަތް ކުރުމަށް ފަހު ރިޓަޔާކުރި ދެ މުވައްޒަފެއްގެ އަގުވަޒަންކޮށްފި
ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅާލާ ބުރިޖުގެ ފަންނީ ލަފާދިނުން އެއް