ޑްރަގް ބޭނުންކުރާ މީހުންނަށް ވިއްކުން މަނާ ޑްރަގެއް ވިއްކާ މައްސަލައެއް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސަމާލު ކަމަށް އައިސްފި އެވެ.
އެންޑީއޭގެ ޗެއާޕާސަން ލުބުނާ ޒާހިރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑްރަގް ބޭނުން ކުރާ މީހުންނަށް ވިއްކަމުން އަންނަނީ
ބިއުޕްރެނޯފިން ކިޔާ ޑްރަގެއް ކަމަށެވެ. އޭގެ 10 ޓެބްލެޓެއް 2،000 ރުފިޔާއަށް ވިއްކާފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ލުބުނާ ވިދާޅުވި އެވެ.
ލުބުނާ ވިދާޅުވީ ބިއުޕްރެނޯފިން ވިއްކަމުންދާ ޑީލަރުގެ މައުލޫމާތުތައް އެކިއެކި ފަރާތްތަކުން ވަނީ ފުލުހުންނަށް ކިޔައިދީފައި ކަމަށެވެ.
ކޮންޓްރޯލްޑް ޑްރަގުގެ ބާވަތްތައް ވިއްކުމަކީ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށް ލުބުނާ ވިދާޅުވި އެވެ.



