ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 12 މީހަކު އަތުލައިގެންފި އެވެ.
އެ މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ އަދި އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން، ހުޅުމާލެ ފޭސް 1 ގައި ޓާސްކްފޯހުން އިއްޔެ ހާއްސަ އޮޕަރޭޝަނެއްގައެވެ.
އަތުލައިގެން ބިދޭސީންގެ ތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ފަސް މީހަކާއި ބިދޭސީން ރެކްރޫޓްކޮށް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ތިން މީހެއްގެ އިތުރުން ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުންދިޔަ ހަތަރު މީހުން ހިމެނެ އެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން ހޯދަން އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ، ސައްހަ ވިސާއެއް ނެތި ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ގިނަ ބިދޭސީން ވަނީ ހިފަހައްޓައިފަ އެވެ.




ގުޅުންހުރި
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފުލެޓުތައް ހުސްނުކޮށްފި ނަމަ، އެއްބަސްވުން އުވާލަނީ
ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި
މައުލޫމާތު ނުދިން 500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: އިހުސާން