އަސާސީ ކާބޯތަކެތީގެ ގޮތުގައި ސަރުކާރުން ކަނޑައެޅި 23 ބާވަތް އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ނެރެ، ވިއްކަން ފަށައިފި އެވެ.
އެސްޓީއޯ އިން މިއަދު ބުނީ، ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮ އަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެން ދިޔަ 23 ބާވަތް، މިއަދުން ފެށިގެން ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ ކަމަށެވެ.
މި ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މިހާރު ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ މޭވާގެ ބާވަތްތަކުގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖް، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް، މޭބިސްކަދުރު ހިމެނެ އެވެ. ތަރުކާރީގެ ތެރޭގައި އެތެރެކޮށްފައިވަނީ ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖް، ބަރަބޯ، ބޯވެލި، ލޮނުމެދެވެ.
މޭވާއާއި ތަރުކާރީގެ އިތުރުން އެސްޓީއޯ އިން ވަނީ ރީނދޫ މުގު، ކުކުޅު ބިސް އަދި ކާށިވެސް ބާޒާރަށް ނެރެ ވިއްކަން ފަށައިފަ އެވެ.
އެސްޓީއޯ އިން ބުނީ، މި 23 ބާވަތުގެ އަގު މި ވަގުތު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮށްގެން ކަމަށެވެ. އަދި އަންނަ ބަދަލުތަކާއެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެނެވޭނެ ކަމަށްވެސް ބުންޏެވެ.
އެސްޓީއޯ އިން މި ތަކެތި ވިއްކާ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ ”އަގުމަގު“ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ އެވެ.




ގުޅުންހުރި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި
އެސްޓީއޯއިން ބާޒާރުމައްޗަށް ހާއްސަ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ