އޮކްޓޯބަރ 16, 2025

ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އާއްޓޭގެ ބަންދަށް 15، ދިގަލީގެ ބަންދަށް 10 ދުވަސް

މޯލްޑިވްސް ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު, މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރެޓް ގެއްލުނީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުއްޓަ އެވެ. ގެއްލުނު ކޮންޓެއިނަރުގައި 13.6 މިލިއަން ސިނގިރޭޓް ހުއްޓެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއް ފުރުން މަނާކުރެވި، ބައެއް އުޅަނދުތަކާއި ތަންތަން ބަލައިފާސްކުރެވިފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެ ހަތަރު މީހުންނަކީ މއ. އެވާ ގްލޯރީ/ ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)، ބ. އޭދަފުށީ/ ދިގަލި، ވިޔަފާރިވެރިޔާ ދިގަލި މުހައްމަދު ވަހީދުގެ އިތުރުން ހ. ނިއު ހެޕިނަސް، މުއާޒު އަލީ އަދި ހދ. ވައިކަރަދޫ/ މެދުރީގެ، ޒިވާރު އިސްމާއިލް އެވެ.

ފުލުހުން މިއަދު ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އާއްޓޭ އާއި ޒިވާރުގެ ބަންދަށް 15 ދުވަސް އަދި ދިގަލި ވަހީދުގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި މުއާޒުގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

9 Comments

  • Mariie Mohamed އޮކްޓޯބަރ 15, 2025

    Haha..muhsandhin kuhverihnahve nimihje..dhen kaanee muguriha…

    • Mohamed Shafeeq އޮކްޓޯބަރ 15, 2025

      Mariie Mohamed ލިއޯ ސަވާދު ގެ ކޮންޓޭނަރެއް އާއްޓޭ ވަގަށް ނަގާނެ ގޮތެއް ނޭގެ

  • Raiy Raii އޮކްޓޯބަރ 15, 2025

    މއ. އެވާ ގްލޯރީ ގެ ބަންދައް ޖަހާލިނަމަ ފުރިހަމަވީސް. 😂

  • Ynme Xiphaaph އޮކްޓޯބަރ 15, 2025

    Faisaa othiyyaa boa dhamai ganeveyne. Mee dhivehi raajje.

  • Ithu Ithu އޮކްޓޯބަރ 15, 2025

    މީ ދިވެހިރާއްޖެ،ހާސްކަނޑާލާ.ތިޔައްވުރެ ބޮދެތި ޖަރީމަތަކައް ފުރުސަތު ލިބޭގޮތް ރާވާފަ ސާބިތު ހެކިނުލިބުނުކަމައް ނިންމާލާނެ..

  • Mohamed Rasheed އޮކްޓޯބަރ 15, 2025

    Maadan thibey nee geyga

  • Mohamed Rasheed އޮކްޓޯބަރ 15, 2025

    Mee aslu މިރާއްޖޭގައި ah Drug ves eytera kuraa meehun

    • Nazy Zain Naazy އޮކްޓޯބަރ 15, 2025

      Mohamed Rasheed ok vaane maadhan dhookohlaane thy hahtaavess laari

  • Mohamed Shareef އޮކްޓޯބަރ 15, 2025

    Dhen mahujanun ginaveyy 🚨

Leave a Reply