އައްޑޫ ސިޓީ ހިތަދޫ ކަސްޓޯޑިއަލަށް މަސްތުވާތަކެތި ވެއްދި މައްސަލައިގައި ފުލުހަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ޕޮލިސް ކޮންސްޓަބަލް ސ. ހިތަދޫ، ފުނަގެ، މުހައްމަދު ނައުފް ނަސީމް (25އ) ކަމަށެވެ.
އޭނާ ހައްޔަރުކުރީ ކަސްޓޯޑިއަލަށް މަނާތަކެތި ވައްދާ ކަމަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި އެ ދުވަހުގެ ރޭ 10:54 ހާއިރު އޭނާ ހިފަހައްޓައި ބަލައި ފާސްކުރުމުން އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ނައުފްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި ހައްޔަރުކުރި ދުވަހުން ފެށިގެން އޭނާ ހުރީ ފުލުހުންގެ ވަޒީފާއިން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައި ކަމަށެވެ.
އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ 15 ދުވަސް ޖެހި ނަމަވެސް، އެ މުއްދަތު ހަމަވުމުން މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހު ފުލުހުން ވަނީ އޭނާ ދޫކޮށްލައިފައެވެ.




ގުޅުންހުރި
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރަށް
އަލަ ގޯންޏެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ތިލަފުށީގައި މަސައްކަތްކުރާ މީހަކު ގެއްލިގެން ހޯދަނީ
ފުލުހުންގެ ވެހިކަލު މައްޗަށް އަރައި ހެދި ޓިކްޓޮކް ވީޑިއޯ އާންމުނުކުރުމަށް އަންގައިފި