ބަނގުލަރާއެކު ކ. ތުލުސްދޫ ގެސްޓްހައުސްއަކުން ހައްޔަރުކުރި ފުލުހަކު ސަސްޕެންޑުކޮށްފިއެވެ.
ފުލުހުން ބުނީ ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހަކު ހިމެނޭގޮތަށް ޖުމުލަ ހަތް މީހަކު މިދިޔަ މަހުގެ 17 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ގެސްޓްހައުސް ބަލައި ފާސްކުރުމުގެ ތެރޭގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 މިލިލީޓަރުގެ ދެ ފުޅި އާއި ތައްޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، 20 އަހަރުގެ އަންހެނަކާއި 23 އަހަރުގެ އަންހެނަކާއި 23 އަހަރުގެ ތިން ފިރިހެނުންނާއި 27 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ އަންހެނެކެވެ. އޭގެ ތެރޭގައި ފުލުހުންގެ ކޮންސްޓަބަލް އައިމިނަތު މާޔާ ހުސެއިން ބަޝީރު ހިމެނެއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ފުލުހުންގެ ކޮންސްޓަބަލް މާޔާ ވަނީ ހަމަ އެ ދުވަހު މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކޮށްފައެވެ.
ބަނގުރަލާއެކު ހައްޔަރުކުރި ހަތް މީހުން ވެސް މަސްތުވާތަކެއްޗަށް ނެގަޓިވްވުމާ ގުޅިގެން ބަންދު މުއްދަތު ޖެހުމެއްނެތި ފުލުހުންގެ ހައްޔަރުން ވަނީ ދޫކޮށްލައިފައެވެ.




ގުޅުންހުރި
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރަށް
އަލަ ގޯންޏެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ތިލަފުށީގައި މަސައްކަތްކުރާ މީހަކު ގެއްލިގެން ހޯދަނީ
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!