މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ހިނގި ހާދިސާގައި އަނިޔާވި ބިދޭސީއަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ 15:44 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ހަތަރު ދިވެއްސަކާއި ދެ ބިދޭސީއަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރެއިން ބޮޑެތި އަނިޔާތަކެއް ލިބުނު ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސްއޫދު ހޮސައިން (32އ) މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮޅުވެއްޓީގައި ތިބީ 14 މީހުން ކަމަށާއި އެ އެންމެން ވެސް ފެނިފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އިތުރުން އެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.




ގުޅުންހުރި
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ހާލު ދެރަވެގެން ފަރުވާ ހޯދަމުންދިޔަ ގައިދީއަކު މަރުވެއްޖެ
ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރަށް
އަލަ ގޯންޏެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ތިލަފުށީގައި މަސައްކަތްކުރާ މީހަކު ގެއްލިގެން ހޯދަނީ