ރައްޓިއްސަކު ބުނެގެން ހަވާލުވި ލަގަޖެއްގައި ޑުރަގް ހުރުމުން ޒުވާނަކު ބަންދުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް/ މާލެގަން, ބުރެވިމާގެ, އަލީ ޝަހުދު, 26އ. އެވެ. އޭނާ ހައްޔަރުކުރީ ރާއްޖެއަށް ޑުރަގް އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުގަ އެވެ.
އޭނާ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ބަންދު މަޖިލީހުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ ޝަހުދު ހަވާލުވި ލަގެޖު ފޮށީގެ ތިރީގައި ގިނަ އަދަދެއްގެ ޑުރަގް ފޮރުވާފައި ހުރި ކަމަށާއި އެކަމާ ގުޅިގެން ޝަހުދުއާ ސުވާލުކުރުމުން އެއީ ރައްޓެއްސަކު 15,000 ރުފިޔާ ދޭނެ ކަމަށް ބުނުމުން ހަވާލުވި ލަގެޖެއް ކަމަށް އޭނާ ބުނި ކަމަށެވެ.
ނަމަވެސް އެ ލަގެޖާ ދެން ހަވާލުވާނެ މީހަކު ބަލަން ކޮންޓްރޯލް ޑެލިވަރީއެއް ކުރަން ޝަހުދުގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށާއި ފޯނުގެ ޕާސްވޯޑް ވެސް ކިޔައިދިނީ ނުބައިކޮށް ކަމަށް ފުލުހުންގެ އޮފިސަރު ވިދާޅުވި އެވެ.
ދިފާއުގައި ބަންދު މަޖިލީހުގައި ޝަހުދު ބުނީ, ފުލުހުންނަށް އެއްބާރުލުން ނުދިނީ ފުލުހުން އަމަލުކުރި ގޮތުން ކަމަށެވެ.
މި މައްސަލައިގައި ލަގެޖު ތެރެއިން އަތުލައިގަތީ ކިހާ އަދަދެއްގެ އަދި ކޮން ބާވަތެއްގެ ޑުރަގެއް ކަމަށް ނޭނގެ އެވެ.




ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި
މާނުގެ މައްޗަށް ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި