މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ސިޓީ ގަމުގައި ގާއިމުކޮށް, ހިދުމަތް ފަށައިފި އެވެ.
”ގަން އެއާ ސްޓޭޝަން“ގެ ނަމުގައި ހަދާފައިވާ އެ ސްޓޭޝަން އިފުތިތާހު ކޮށްދެއްވީ އެކަމަށްޓަކައި އެ ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި, ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ ގަން އެއާ ސްޓޭޝަންގެ ނަންބޯޑު ކަޝްފުކޮށްދެއްވައި, އެ ސްޓޭޝަންގައި ޑިޕްލޯއީކުރި އެއާ ސްކޮޑްރަންގެ ޕެނަންޓް, އެ ސްކޮޑްރަންގެ ކޮމާންޑަރު މޭޖާ ހަސަން ދީދީއާ ހަވާލުކޮށްދެއްވައިފަ އެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް ވަނީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުގެ ދަށުން ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރާއި އިހުތިޔާރުގެ ދަށުން އެމްއެންޑީއެފްގެ އެއާ ކާގެ ފުރަތަމަ ސްޓޭޝަންގެ އޮޕަރޭޝަން ފެށުމަށް އަންގަވައިފަ އެވެ.
މިއަދު އިފުތިތާހު ކުރި އެއާ ސްޓޭޝަންގައި 400 މީޓަރުގެ ޓެކްސީވޭއަކާއި 100 މީޓަރުގެ އެޕްރަނަކާއި އެންމެ ޒަމާނީ ޓެކްނިކަލް ވަސީލަތްތަކާއެކު ހަދާފައިވާ ހެނގަރެއްގެ އިތުރުން ސިފައިން ތިބުމަށް އެކޮމަޑޭޝަން ގާއިމުކޮށްފައިވެ އެވެ.
އެމްއެންޑީއެފް އިން ބުނީ, އެ ފޯސްގެ އެއާ ކޯގެ ޓީބީ-2 އެއާކްރާފްޓް އުދުހުމަށް ހާއްސަކޮށްފައިވާ އެއާ ސްކޮޑްރަން-2 ގެ މި އެއާ ސްޓޭޝަން ފަރުމާކޮށްފައިވަނީ ކުރިމަގުގައި އަސްކަރިއްޔާގެ ވައިގެބާރު ފުޅާވަމުންދާ ވަރަކަށް ތަރައްގީކުރެވޭ ގޮތަށް ކަމަށެވެ.
ރާއްޖޭގެ ފުރަތަމަ އަސްކަރީ ވައިގެ މަރުކަޒު ގާއިމުކުރި އިރު, އެމްއެންޑީއެފްގެ އެއާ ކޯ އުފެއްދީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. އެ ޔުނިޓް އުފެއްދީ މިދިޔަ އަހަރު ތުރުކީން ރާއްޖެ ގެނައި ތިން އަސްކަރީ ޑްރޯންއާއެކު އެވެ.




ގުޅުންހުރި
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެ އަނދަނީ
ޑްރަގު ބޯޓުން ފެނުނީ 58.6 ކިލޯގެ ހެރޮއިން އާއި 355.9 ކިލޯގެ
ފަރެސްމާތޮޑާ ބޯޓެއް އަޑިއަށް، އެއްވެސް މުދަލެއް ސަލާމަތެއް ނުވި!
ވަރުގަދަ އަސްކަރީ ބާރެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ވާޖިބެއް: ރައީސް
2026ގެ ބަޖެޓު: އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން, މި އަހަރަށްވުރެ 683